ބީއެމްއެލްގެ ވިލިނގިލީ ބްރާންޗް ފަޅާލައިފި ފައިސާތަކެއް ވަގަށްނަގައިފި

ގއ. ވިލިނގިލި: ސަން ފައިލް ފޮޓޯ

ގއ. ވިލިނގިލީގައި ހުންނަ، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ބްރާންޗް ފަޅާލައި ގިނަ އަދަދެއްގެ ފައިސާ ވަގަށް ގެންގޮސްފިއެވެ.

ފުލުހުން މިއަދު "ސަން" އަށް ވިދާޅުވީ، ބީއެމްއެކްގެ ވިލިނގިލީ ބްރާންޗުން ވައްކަން ކުރީ އެ ބޭންކުގެ ފުރާޅުން ބައެއް ނަގައި، އެތެރެއަށް ވަދެ ތިޖޫރީތަކަށް ގެއްލުންދީގެން ކަމަށެވެ.

އެ ހާދިސާގައި ގިނަ އަދަދެއްގެ ފައިސާ ވަގަށް ނެގި ކަމަށް ވެސް އޮފިޝަލު ވިދާޅުވިއެވެ. ނަމަވެސް އޭނާ ވިދާޅުވީ ވަގަށް ނެގި ފައިސާގެ އަދަދު އަދި ކަށަވަރު ނުވާ ކަމަށެވެ.

އެ މައްސަލަ ފުލުހުންނަށް ރިޕޯޓު ކުރީ ރޭ ފަތިހު 5:30 އެހާއިރު ކަމަށް ވެސް އޮފިޝަލު ވިދާޅުވިއެވެ.

އެ މައްސަލަ ތަހުގީގު ކުރުމަށް މިހާރު ފުލުހުން ދަނީ ހަރަކާތްތެރިވަމުންނެވެ.

comment ކޮމެންޓް