ފުރަތަމަ ހަފްތާތެރޭ ޕެޑުން ނަގާ ޓެކްސް އުވާލަނީ

އޯލްވޭސް ބްރޭޑްގެ ޕެޑްތަކެއް ----

މި ސަރުކާރުގެ ފުރަތަމަ އެއް ހަފްތާ ތެރޭގައި އަންހެނުން މައްސަރު ދުވަސްވަރު ބޭނުންކުރާ ޕެޑާއި ޓެމްޕެކްސް ފަދަ ޒަރޫރީ ބާވަތްތަކުން ނަގާ ޓެކްސް އުވާލުމަށް އާ ސަރުކާރުން ނިންމައިފިއެވެ.

މައްސަރު ދުވަސްވަރު ބޭނުންކުރާ ތަކެތިން ޓެކްސް ނެގުން ހުއްޓާލުމަށް މީގެ ކުރިން ވަނީ ޕެޓިޝަނެއްވެސް ތައްޔާރުކޮށްފައެވެ. އެ ތަކެއްޗަކީ ޒަރޫރީ ތަކެތި ކަމަށާއި އެތަކެއްޗަކީ އާދައިގެ މީހުންނަށްވެސް ބޭނުންކުރެވޭނެ، ހެޔި އަގެއްގައި ލިބެން ހުންނަ ތަކެއްޗަށް ހެދުމަށް ގޮވަލާ ސޯޝަލް މީޑިއާގައި ވަނީ ކެމްޕެއިންތައްވެސް ހިންގައިފައެވެ.

އާ ސަރުކާރުގައި މައްސަރުދުވަސްވަރު ބޭނުން ކުރާ ތަކެތިން ނަގާ ޓެކްސް އުވާލުމަށް ކެމްޕެއިނު ދުވަސްވަރު ސަޕޯޓަރުންވެސް ވަނީ ގޮވާލައިފައެވެ.

އެއްވެސް ޓެކްސް ނެގުން ހުއްޓަލެވޭނީ ޓެކުހާ ބެހޭ ގާނޫނަށް ބަދަލު ގެނެސްގެންނެވެ.

comment ކޮމެންޓް