ރާއްޖެއަށް ރަސްމީ ދަތުރުފުޅެއް ކުރެއްވުމަށް ދެއްވި ދައުވަތު މޯދީ ގަބޫލުފުޅު ކުރައްވައިފި

ރައީސް އިބޫ އާއި މޯދީ --

ރާއްޖެއަށް ރަސްމީ ދަތުރުފުޅެއް ކުރެއްވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އަށް ދެއްވި ދައުވަތު މޯދީ ގަބޫލުކުރައްވައިފި އެވެ.

ރައީސް އިބޫ ހުވާކުރުމުގެ ދަރުބާރަށް ރާއްޖެ ވަޑައިގަން އިންޑިއާގެ ބޮޑުވަޒީރު މޯދީ އާ އެކު ރައީސް އިބޫ، ރައީސް އޮފީހުގައި މިއަދު ބޭއްވި ބައްދަލުކުރެއްވުމަށް ފަހު ރާއްޖެ އާއި އިންޑިއާ އިން ނެރުނު ޖޮއިންޓް ސްޓޭޓްމެންޓުގައި ބުނީ އިންޑިއާގެ ބޮޑުވަޒީރު އަވަސް މުސްތަގުބަލެއްގައި ރާއްޖެ އަށް ވަޑައިގަތުމަށް ރައީސް އިބޫ ދެއްވި ދައުވަތު މޮދީ ގަބޫލު ކުރައްވާފައިވާ ކަމަށެވެ.

މީގެ އިތުރުން ރާއްޖޭގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިންޑިއާ އަށް ވަޑައިގަތުމަށް މޯދީ ދެއްވި ދައުވަތު ރައީސް އިބޫ ގަބޫލު ކުރައްވާފައިވާ ކަމަށް ވެސް އެ ސްޓޭޓްމެންޓުގައި ބުނެފައިވެ އެވެ.

ރައީސް އިބޫ އާއި މޯދީ ބޭއްވެވި ބައްދަލުކުރެއްވުމުގައި ދެ ބޭފުޅުން ވަނީ ދެ ގައުމުގެ ދެމެދު އޮންނަ ގުޅުން ބަދަހި ކުރުމާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވައިފަ އެވެ.

ރައީސް އިބޫ އިންޑިއާ އަށް ކުރެއްވުމަށް ހަމަޖެހިފައިވާ ދަތުުރުޅާ ގުޅޭ މަޝްވަރާތަކަށް މި ސަރުކާރުގެ ފޮރިން މިނިސްޓަރު މިމަހުގެ 26ގައި އިންޑިއާ އަށް ވަޑައިގަންނަވާނެ އެވެ.

comment ކޮމެންޓް