ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ކެބިނެޓަށް ވަޒީރުން އައްޔަން ކުރައްވައިފި އެވެ.
މިރޭ ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައި ވަޒީރުންނަށް މަގާމުގެ ހުވައި ލައިދެއްވީ އުއްތަމަ ފަނޑިޔާރު ޑރ އަހުމަދު އަބްދުﷲ ދީދީ އެވެ.
ހުވާ ކުރުމުގެ ރަސްމިއްޔާތުގައި ރައީސް އިބޫ އަދި ނައިބު ރައީސް ފައިސަލް ނަސީމު ބައިވެރިވެ ވަޑައިގެންނެވި އެވެ.
ރައީސް އިބޫ ސަރުކާރުގެ މިނިސްޓަރުން
- މިނިސްޓަރު އޮފް ފޮރިން އެފެއާޒް - އަބްދުﷲ ޝާހިދު
- މިނިސްޓަރު އޮފް އިސްލާމިކް އެފެއާޒް - ޑރ އަހުމަދު ޒާހިރު
- މިނިސްޓަރު އޮފް ޓޫރިޒަމް - އަލީ ވަހީދު
- މިނިސްޓަރު އޮފް ހެލްތު - އަބްދުﷲ އަމީން
- މިނިސްޓަރު އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓް - ފައްޔާޒު އިސްމާއިލް
- މިނިސްޓަރު އޮފް ފިނޭންސް - އިބްރާހިމް އަމީރު
- މިނިސްޓަރު އޮފް ޑިފެންސް - މާރިޔާ އަހުމަދު ދީދީ
- މިނިސްޓަރު އޮފް ފިޝަރީސް، މެރިން ރިސޯސެސް އެންޑް އެގްރިކަލްޗާ - ޒަހާ ވަހީދު
- މިނިސްޓަރު އޮފް ޖެންޑާ، ފެމިލީ އެންޑް ސޯޝަލް ސާވިސެސް - ޝިދާތާ ޝަރީފު
- މިނިސްޓަރު އޮފް ނޭޝަނަލް ޕްލޭނިންގް އެންޑް އިންފްރާސްޓްރަކްޗާ - މުހައްމަދު އަސްލަމް
- މިނިސްޓަރު އޮފް ހައުސިންގް އެންޑް އާބަން ޑިވެލޮޕްމެންޓް - އައިމިނަތު އާތިފާ ޝަކޫރު
- މިނިސްޓަރު އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަމަންޓް - އަހުމަދު މަހުލޫފު
- މިނިސްޓަރު އޮފް ސައިންސް، ކޮމިއުނިކޭޝަން އެންޑް ޓެކްނޮލޮޖީ - މަލީހު ޖަމާލު
- މިނިސްޓަރު އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން - އައިޝަތު ނަހުލާ
- މިނިސްޓަރު އޮފް އާޓްސް ކަލްޗާ އެންޑް ހެރިޓޭޖް - ޔުމްނާ މައުމޫނު
- މިނިސްޓަރު އޮފް ހަޔާ އެޑިއުކޭޝަން - ޑރ. އިބްރާހިމް ހަސަން
- މިނިސްޓަރު އޮފް ހޯމް އެފެއާޒް - އިމްރާން އަބްދުﷲ
- މިނިސްޓަރު އޮފް އެޑިއުކޭޝަން - ޑރ އައިޝަތު އަލީ
- މިނިސްޓަރު އޮފް އެންވަޔަރަމެންޓް - ޑރ ހުސައިން ރަޝީދު
ކެބިނެޓަށް އައްޔަން ކުރެއްވި ވަޒީރުންގެ ތެރޭގެ ރައްޔިތުންގެ މަޖިލީހުގެ ތިން މެމްބަރަކު ހިމެނި ވަޑައިގަންނަވަ އެވެ. އެއީ މާރިޔާ އަހުމަދު ދީދީ އާއި އަހުމަދު މަހުލޫފު އަދި ފައްޔާޒު އިސްމާއިލް އެވެ. އެބޭފުޅުން ވަނީ މީގެ ކުޑައިރުކޮޅެއް ކުރިން މަޖިލީހުގެ މެމްބަރު ކަމުން އިސްތިއުފާ ދީފަ އެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ޖުމްލަ އިނީ 15 މިނިސްޓްރީ އެވެ. އޭގެތެރެއަށް ހަަތަރު މިނިސްޓްރީއެއް އިތުރުކޮށް ޖުމްލަ 19 މިނިސްޓްރީއެއް ހިމަނައި ރައީސް އިބޫ ވަނީ ކެބިނެޓް ސްޓްރަކްޗަ އެކުލަވާލާފަ އެވެ.
އަލަށް އުފައްދާ މިނިސްޓްރީތައް:
- މިނިސްޓްރީ އޮފް ހަޔާ އެޑިއުކޭޝަން
- މިނިސްޓްރީ އޮފް އާޓްސް ކަލްޗާ އެންޑް ހެރިޓޭޖް
- މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން
- މިނިސްޓްރީ އޮފް ސައިންސް، ކޮމިއުނިކޭޝަން އެންޑް ޓެކްނޮލޮޖީ