އިބޫ ސަރުކާރުގެ މިނިސްޓަރުން ކަމަށް ލަފާކުރެވޭ ބޭފުޅުން!

އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ކެބިނެޓަށް އައްޔަން ކުރައްވާނެ މިނިސްޓަރުންނާ ބެހޭ ގޮތުން މިހާރު އާންމުންގެ ތެރޭގައި އެކި ވާހަކަތައް ދަނީ ދެކެވެމުންނެވެ.

ކެބިނެޓާ ބެހޭ ގޮތުން އިބޫ ވިދާޅުވި ހަމަ އެކަނި ވާހަކަފުޅަކީ އެމަނިކުފާނުގެ ކެބިނެޓަށް އައްޔަން ކުރައްވާނީ ނަޒާހާތްތެރި ގާބިލު ބޭފުޅުން ކަމަށެވެ. އަދި ކޯލިޝަނުން ވެސް ރަސްމީކޮށް ކެބިނެޓަށް އައްޔަން ކުރައްވާ ބޭފުޅުންނާ ބެހޭ ވާހަކަތަކެއް ނުދައްކަވަ އެވެ.

އިބޫގެ ސަރުކާރުގައި 19 މިނިސްޓްރީއެއް ހިމެނޭ ގޮތަށް ކެބިނެޓް ސްޓްރަކްޗަ ވަނީ އެކުލަވާލައިފަ އެވެ.

ބައެއް ފަރާތްތަކުން ސަން އަށް ބުނީ އިބްރާހިމް މުހައްމަދު ސޯލިހުގެ ކެބިނެޓަށް އައްޔަން ކުރައްވާ ފަރާތްތައް ފައިނަލް ކޮށްފައިވާ ކަމަށެވެ. އަދި ޕާޓީތަކުގެ ލީޑަރުން ބޭނުންވާ ގޮތަށް ކެބިނެޓް ބަހާލާފައިވާ ކަމަށް ވެސް ބުންޏެވެ.

އިބޫ ސަރުކާރުގެ މިނިސްޓަރުން

  • މިނިސްޓަރު އޮފް ފޮރިން އެފެއާޒް - އަބްދުﷲ ޝާހިދު
  • މިނިސްޓަރު އޮފް އިސްލާމިކް އެފެއާޒް - އިމްރާން އަބްދުﷲ
  • މިނިސްޓަރު އޮފް ޓޫރިޒަމް - ޑރ އަބްދުﷲ މައުސޫމު
  • މިނިސްޓަރު އޮފް ހެލްތު - ޑރ ޝަހު މާހިރު
  • މިނިސްޓަރު އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓް - ފައްޔާޒު އިސްމާއިލް
  • މިނިސްޓަރު އޮފް ފިނޭންސް - އިބްރާހިމް އަމީރު
  • މިނިސްޓަރު އޮފް ޑިފެންސް - މާރިޔާ އަހުމަދު ދީދީ
  • މިނިސްޓަރު އޮފް ފިޝަރީސް، މެރިން ރިސޯސެސް އެންޑް އެގްރިކަލްޗާ - ޒަހާ ވަހީދު
  • މިނިސްޓަރު އޮފް ޖެންޑާ، ފެމިލީ އެންޑް ސޯޝަލް ސާވިސެސް - ޝިދާތާ ޝަރީފު
  • މިނިސްޓަރު އޮފް ނޭޝަނަލް ޕްލޭނިންގް އެންޑް އިންފްރާސްޓްރަކްޗާ - މުހައްމަދު އަސްލަމް
  • މިނިސްޓަރު އޮފް ހައުސިންގް އެންޑް އާބަން ޑިވެލޮޕްމެންޓް - އާތިފާ ޝަކޫރު
  • މިނިސްޓަރު އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަމަންޓް - އަހުމަދު މަހުލޫފު
  • މިނިސްޓަރު އޮފް ސައިންސް، ކޮމިއުނިކޭޝަން އެންޑް ޓެކްނޮލޮޖީ - އަހުމަދު ފަޔާޒު
  • މިނިސްޓަރު އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން - އައިޝަތު ނަހުލާ
  • މިނިސްޓަރު އޮފް އާޓްސް ކަލްޗާ އެންޑް ހެރިޓޭޖް - ޔުމްނާ މައުމޫނު
  • މިނިސްޓަރު އޮފް ހަޔާ އެޑިއުކޭޝަން - ޑރ. އިބްރާހީމް ހަސަން

ނަމަވެސް މިނިސްޓްރީ އޮފް ހޯމް އެފެއާޒާއި އެޑިއުކޭޝަން މިނިސްޓްރީ އަދި އެންވަޔަރަމެންޓަށް އައްޔަން ކުރައްވަން އިބޫ ނިންމާފައި ވަނީ ކޮން ބޭފުޅުންނެއް ކަމަށް އަދި ސާފެއް ނުވެ އެވެ.

މިއަދު ހަވީރު 4:30ގައި އިބްރާހިމް މުހައްމަދު ސޯޅިހު ރައީސް ކަމުގެ ހުވާ ކުރައްވާނެ އެވެ. ބެލެވޭ ގޮތުން ހުވާ ކުރެއްވުމަށް ފަހު އެންމެ ފުރަތަމަ ކުރައްވާނެ ކަމަކަށް ކެބިނެޓަށް މިނިސްޓަރުން އައްޔަން ކުރުމުގެ މަސައްކަތް ކުރިއަށް ގެންދަވާނެ އެވެ. އެކަން ހިނގާނީ މިރޭ ކަމަށް ލަފާކުރެވެ އެވެ.

comment ކޮމެންޓް