އުރީދޫ ކަލާ ރަންގެ އެކްސްޕޯ އާދީއްތަ އަދި ހޯމަ ދުވަހު ބާއްވަނީ

ޑިސެމްބަރ 8، 2017: އުރީދޫއިން ޔުނިކްސް ސްޕޯޓްސްއާ ގުޅިގެން ހުޅުމާލޭގައި ބޭއްވި ކުލަގަދަ އިވެންޓް "ކަލާ ރަން"ގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އުރީދޫ ކަލަރ ރަން 2018ގެ އެކްސްޕޯ ނޮވެމްބަރު 18 އަދި 19 ގައި އާޓް ގެލަރީގައި ބާއްވަން ނިންމައިފިއެވެ.

ކަލާ ރަންގައި ރެޖިސްޓާ ކޮށްފައިވާ ކުރިހާ ދުވުންތެރިންނަށް އެކްސްޕޯ އިން، ކަލަރ ރަންގެ ކިޓުތައް ގަންނަން ލިބޭނެއެވެ. އުރީދޫ ކަލަރ ރަން އެކްސްޕޯ ކުރިއަށްދާނީ ހެނދުނު 10:00 އިން ހަވީރު 18:00 އަދި ރޭގަނޑު 20:00 އިން 22:00 އަށެވެ.

އުރީދޫއިން ބުނީ ކަލަރ ރަންގެ ކިޓްތައް ގަތުމަށް، ރެޖިސްޓަރ ކުރި ފަރާތުގެ އައިޑީ ކާޑު، އަދި ރެޖިސްޓަރކުރިކަމުގެ ރަސީދުގެ ޕްރިންޓް ކުރެވިފައިވާ ނުވަތަ ޑިޖިޓަލް ކޮޕީއެއް ގެންނަން ޖެހޭނެ ކަމަށެވެ. ރެޖިސްޓަރ ކުރެއްވި ފަރާތުގެ ބަދަލުގައި ކިޓް އެހެން މީހަކު ކިޓް ނަގާނަމަ، ކިޓް ހަވާލުވާ ފަރާތުގެ އައިޑީ ކާޑު، ރެޖިސްޓަރ ކުރެއްވި ފަރާތުގެ އައިޑީ ކޮޕީ، އަދި ރެޖިސްޓަރ ކުރެއްވިކަމުގެ ޕްރިންޓް ކުރެވިފައިވާ ނުވަތަ ޑިޖިޓަލް ރަސީދު ބޭނުންވާނެ ކަމަށްވެސް އުރީދޫއިން ބުންޏެވެ.

އައިޑީ ކާޑުގެ ބަދަލުގައި، ޕާސްޕޯޓު ނުވަތަ ލައިސަންސް ކާޑު ގަބޫލު ކުރާނެކަމަށްވެސް އެކުންފުނިން ބުންޏެވެ. އަދި އެކްސްޕޯ ނިމުމަށްފަހު، ހަވާލުނުވާ އެއްވެސް ކިޓެއް ވާނަމަ، އަލުން ރެޖިސްޓްރޭޝަން ހުޅުވާލެވޭނެކަމަށްވެސް ވަނީ ބުނެފައެވެ.

އެކްސްޕޯގައި ކިޓުތައް ދޫކުރުމުގެ އިތުރުން، އުރީދޫއާއި ކަލަރ ރަންގެ ޕާޓްނަރުން ކަމުގައިވާ ޔުނިކްސް ސްޕޯޓިންގ، ކޯޗް ޝުޖާއު، އައިރަނަރސް އަދި ބަރިސްޓާ މޯލްޑިވްސްގެ ފަރާތުން އެކްސްޕޯގެ ބައިވެރިންނަށް ޚާއްސަ ހަރަކާތްތަކެއް ކުރިއަށް ގެންދަން ވަނީ ރާވާފައެވެ.

ތަފާތު ކުލަތަކާއއެކު، އުފާވެރި މާހައުލެއްގައި ބާއްވާ އުރީދޫގެ މަޤްބޫލު ފަސް ކިލޯމީޓަރުގެ އެ ދުވުން މި އަހަރު އިތުރަށް ފޯރިގަދަ ކުރުމަށްޓަކައި، ނޮވެމްބަރ 23 ވަނަ ދުވަހަށް ވަނީ ކައިޓް ފެސްޓިވަލް އަކާއި ފޯރިގަދަ މިއުޒިކް ޝޯއެއްވެސް ބޭއްވުމަށްވެސް އިންތިޒާމް ކޮށްފައެވެ.

comment ކޮމެންޓް