އެސްޓީއޯ އިން އަހަރު ނިންމާ ސޭލް ފަށައިފި

އެސްޓީއޯ އިން ކޮންމެ އަހަރަކު ކުރިއަށްގެންދާ އަހަރު ނިންމާ ސޭލް ފަށައިފިއެވެ.

"ސީޒަން އޮފާ" ގެ ނަމުގައި ކުރިއަށްގެންދާ މި ސޭލް މި އަހަރުގެ ނިޔަލަށް ކުރިއަށް ގެންދާނެއެވެ. އެސްޓީއޯ އިން ބުނީ މި ސޭލުގެ މުއްދަތުގައި އެސްޓީއޯ ހޯމް އިމްޕްރޫވްމެންޓާއި އިލެކްޓްރޯނިކްސް އަދި ރީޖަަނަލް ފިހާރަތަކުން 50 ޕަސެންޓާ ހަމައަށް ޑިސްކައުންޓް ލިބޭނެ ކަމަށެވެ.

މީގެ އިތުރުން އެސްޓީއޯ އިލެކްޓްރޯނިކްސް އަދި ހޯމް އިމްޕްރޫމަންޓުން ކުރާ ކޮންމެ 1000 ރުފިޔާ އިން މަތީގެ ވިޔަފާރިއަކަށް ކޫޕަނެއް ލިބޭނެ ކަމަށާއި ގުރުއަތުން ހޮވޭ ތިން ފަރާތަކަށް ހާއްސަ އިނާމުތަކެއް ކަނޑައެޅިފައިވާކަމަށް އެސްޓީއޯ އިން ބުންޏެވެ.

އެއްވަނަ އަށް ހޮވޭ ފަރާތަކަށް ހިޓާޗީ ދޮންނަ މެޝެނަކާއިރެފްރިޖަރޭޓަރެއްގެ އިތުރުން ފިލިޕްސް އެއާކްލީނަރަކާއި ހިޓާޗީ ވެކިއުމް ކްލީނަރެއް ލިބޭނެއެވެ. ދެވަނައަށް އެޕަލް އައިފޯނު 8 ޕްލަސް 64 ޖީބީގެެ ފޯނަކާއި އެޑިފަޔާ ސްޕީކަރެއް ލިބޭނެއެވެ. ތިންވަނައަށް ކަނޑައަޅާފައިވާ އިނާމަކީ ކްރައުން ބީޗް މޯލްޑިވްސް ދިއްފުށި ގެސްޓުހައުސްގައި އާއިލާއާއެކު ތިން ދުވަސް ހޭދަކުރުމުގެ ފުރުސަތެވެ.

މި ޕްރޮމޯޝަނުގެ މުއްދަތުގައި އެސްޓީއޯގެ ފިހާރަތަކުގައި ޕްރޮޑަކްޓް ޑިމޮންސްޓްރޭޝަންސް ވެސް ކުރިއަށްގެންދާނެއެވެ.

comment ކޮމެންޓް