އައިޝާގެ އަސްބާ ޖަމިއްޔާ އިފްތިތާހްކޮށްފި

އަސްބާ ޖަމިއްޔާ، ލައިލާ އަލީ އިފްތިތާހްކޮށްދެއްވަނީ--- ސަން ފޮޓޯ: ފަޔާޒު މޫސާ

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ އަނބިކަނބަލުން އައިޝަތު ނަހުލާ އަދި އޭނާގެ މަންމަ ހަދީޖާ އިބްރާހިމް އިސްވެގެން އުފައްދައިފައިވާ ޖަމިއްޔާ، އެސޯސިއޭޝަން ފޯ ސޯޝަލް ބެނެފިޓްސް އެންޑް އެއިޑް (އަސްބާ) ރޭ ރަސްމީކޮށް އިފްތިތާހުކޮށްފިއެވެ.

އަސްބާ ފައުންޑޭޝަން، ލައިލާ އަލީ އިފްތިތާހްކޮށްދެއްވަނީ--- ސަން ފޮޓޯ: ފަޔާޒު މޫސާ

ހޮޓެލް ޖެންގައި ރޭ ބޭއްވި ރަސްމިއްޔާތުގައި އެ ޖަމިއްޔާ އިފްތިތާހްކޮށްދެއްވީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ އަބިކަނބަލުން ލައިލާ އަލީއެވެ.

އަސްބާ ޖަމިއްްޔާ އިފްތިތާހްކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެެރެއިން-- ސަން ފޮޓޯ: ފަޔާޒު މޫސާ

އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އައިޝާ ވިދާޅުވީ އަސްބާގެ އަމާޒު ހުރީ ދެ ދާއިރާއަކަށް ކަމަށެވެ.

"ރާއްޖޭގެ ނިސްބަތުން ބަލާއިރު އާބާދީގެ ގޮތުން ފުދޭވަރެއްގެ ބައްޕަ ނެތް ކުދިން އެބަ އުޅޭ. އެކަހަލަ ކުދިންނަށް މިތިބެނީ އަޅާލުމާއި އެހީތެރިކަން ބޭނުންވެފަ. އެކުދިންނަށް ހިމާޔަތްދިނުމަށް ގާނޫނެއް ނެތޭވެސް ދެންނެވިދާނެ. މިކަހަލަ ކަންތައްތަކާ ގުޅިގެން އެކުދިން މުޖުތަމައުގައި ބޭކާރު ބަޔަކަށް ވެގެންދަނީ. އެހެންވީމާ އެކުދިންނަށް އަޅާލުމަށް އަސްބާއިން ގައިމުވެސް މަސައްކަތް ކުރާނެ މިހާރުގެ ސަރުކާރުގެ ތެރެއިން ގާނޫނެއް އުފެއްދޭތޯ،" އައިޝާ ވިދާޅުވިއެވެ.

އަސްބާ ޖަމްއިއްޔާ އިފްތިތާހްކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އައިޝާ ވާހަކަ ދައްކަވަނީ --- ސަން ފޮޓޯ: ފަޔާޒު މޫސާ

އޭގެ އިތުރުން މާބަނޑު މީހުންނަށް ބަނޑުބޮޑުވުމާ ގުޅިގެން އަންނަ ހޯމޯނަލް ބަދަލުތަކާ ގުޅިގެން ވަރަށް ބޮޑަށް ނަފްސާނީގޮތުން އަސަރުކުރާ ކަމަށާއި އަދި އެކަމަށް އަސްބާ ޖަމިއްޔާ މެދުވެރިކޮށް ހޭލުންތެރިކަން އިތުރުކުރުމަށް މަސައްކަތް ކުރައްވާނެކަމަށްވެސް އައިޝާ ވިދާޅުވިއެވެ.

ރޭގެ ރަސްމިއްޔާތުގައި ރައީސް ނަޝީދާއި އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲވެސް ބައިވެރިވެވަޑައިގަތެވެ.

comment ކޮމެންޓް