އިބޫ، ނަޝީދު އަދި އިމްރާން އެއް ޓީމަކަށް، ގާސިމް އާއި ފާރިސްއާ އެއް ޓީމަކަށް!

ނޮވެމްބަރ 14، 2018: ''ދުޅަހެޔޮ ހަށިހެޔޮ އީދު'' ކުޅިވަރު ފެސްޓިވަލްގައި ބައިވެރިވާ ސިޔާސީ ބޭފުޅުންގެ ފުޓުބޯޅަ މެޗަށް ތައްޔާރުވުމުގެ ގޮތުން ބޭއްވި ޖާޒީ ހަވާލުކުރުމާއި ފަރިތަކުރުމުގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ހުވާ ކުރެއްވުމުގެ މުނާސަބަތުގައި ބާއްވާ "ހަށިހެޔޮ ދުޅަހެޔޮ ކުޅިވަރު އީދު" ގައި ކުޅޭ ސިޔާސީ ބޭފުޅުންގެ ފުޓުބޯޅަ މެޗަށް އިބޫ އާއި ކުރީގެ ރައީސް ނަޝީދު އެއް ޓީމެއްގައި އަދި ގާސިމް އިބްރާހިމް އާއި ފާރިސް މައުމޫން އެއް ޓީމެއްގައި ހިމެނިއްޖެ އެވެ.

"ދުޅަހެޔޮ ހަށިހެޔޮ އީދު"ގެ ނަމުގައި ބާއްވާ ހަރަކާތްތައް އޮންނާނީ ނޮވެމްބަރު 18 އަދި 19 ވަނަ ދުވަހު އެވެ. އެ ކުޅިވަރު ފެސްޓިވަލް އިންތިޒާމްކުރާ ކޮމެޓީން ބުނީ އެ ފެސްޓިވަލް ބާއްވަން ހަމަޖެހިފައި ވަނީ މާލޭގެ ހަތަރު ސަރަހައްދަކަށް ބަހާލައިގެން ކަމަށެވެ. އެ ސަރަހައްދުތަކަކީ ސްވިމިން ޓްރެކް، ރާޅުގަނޑު ސަރަހައްދު، އެއް ނަމްބަރު ފާލަން ސަރަހައްދު، އަދި މާލޭ ކުޅިވަރު އެކުވެނި އެވެ.

ނޮވެމްބަރ 14، 2018: ''ދުޅަހެޔޮ ހަށިހެޔޮ އީދު'' ކުޅިވަރު ފެސްޓިވަލްގައި ބައިވެރިވާ ސިޔާސީ ބޭފުޅުންގެ ފުޓުބޯޅަ މެޗަށް ތައްޔާރުވުމުގެ ގޮތުން ބޭއްވި ޖާޒީ ހަވާލުކުރުމާއި ފަރިތަކުރުމުގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އެ ކުޅިވަރު ފެސްޓިވަލުގެ ތެރެއިން 19 ވަނަ ދުވަހު އޮންނާނީ ހާއްސަ ފުޓުބޯޅަ މެޗުތަކެކެވެ. އެގޮތުން ރާއްޖޭގެ 19 އަހަރުން ދަށުގެ އަންހެން އަދި ފިރިހެންޓީމާއި، ކުރީގެ މަޝްހޫރު ކުޅުންތެރިންނާއި، ސިޔާސީ ބޭފުޅުން ހިމެނޭ ފުޓުބޯޅެ މެޗުތައް އެދުވަހު ކުޅޭނެ އެވެ.

ސިޔާސީ ބޭފުޅުންގެ މެޗަށް މިއަދު ހަވީރު ހެންވޭރު ދަނޑުގައި ވަނީ ދެ ޓީމު ގުރުވަތުން ގޮވާފަ އެވެ. އެ ދެ ޓީމަކީ ޓީމް ގާސިމް އާއި ޓީމް އިބޫ އެވެ.

ޓީމް ގާސިމްގައި ހިމެނިވަޑައިގަންނަވަނީ، ގާސިމް އިބްރާހިމްގެ އިތުރުން، އިންތިހާބީ ނައިބު ރައީސް ފައިސަލް ނަސީމް އާއި، ފާރިސް މައުމޫން އާއި، ޑރ. އަބްދުﷲ މައުސޫމް، މުހައްމަދު މުސްތަފާ، އަލީ ނަޒީރު، ހުސެއިން ޝަހުދީ މުހައްމަދު ރަޝީދު ހުސެއިން، އަހްމަދު ނާޝިދު، އިބްރާހިމް މުހައްމަދު ދީދީ، ހުސެއިން އަރީފް، މުހައްމަދު ފަޔާޒް، އަލީ ޝާހު، މުހައްމަދު އަބްދުލް ކަރީމް، އަހްމަދު އަބްދުﷲ، މޫސާ ނިޒާރު އިބްރާހިމް، ހަސަން ލަތީފު މުހައްމަދު ފަލާހު، އަލީ ފަޒާދު، އަލީ ނިޒާރު އަބްދުﷲ އަމީން، އަލީ ޒާހިރު، އަހްމަދު މަހްލޫފު، އަބްދުﷲ ޝާހިދު، މުހައްމަދު އަބްދުﷲ، ސައުދު ހުސެއިން، މުހައްމަދު ޝިފާޒް، އަލީ އާޒިމް، އަނަސް އަބްދުލް ސައްތާރު އަދި އަލީ ޝިޔާމް އެވެ. އެ ޓީމުގެ އޮފިޝަލުންނަކީ ރޮޒެއިނާ އާދަމް މާރިޔާ އަހްމަދު ދީދީ، އާމިނަތު ނަސީރު އަދި އާމިނަތު ނާދިރާ އެވެ.

ނޮވެމްބަރ 14، 2018: ''ދުޅަހެޔޮ ހަށިހެޔޮ އީދު'' ކުޅިވަރު ފެސްޓިވަލްގައި ބައިވެރިވާ ސިޔާސީ ބޭފުޅުންގެ ފުޓުބޯޅަ މެޗަށް ތައްޔާރުވުމުގެ ގޮތުން ބޭއްވި ޖާޒީ ހަވާލުކުރުމާއި ފަރިތަކުރުމުގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ޓީމް އިބޫގައި ހިމެނިވަޑައިގަންނަވަނީ، އިބޫގެ އިތުރުން، ކުރީގެ ރައީސް މުހައްމަދު ނަޝީދު، ޝައިހް އިމްރާން އަބްދުﷲ، އަބްދުލް ބާރީ އަބްދުﷲ، ޑރ. ހުސެއިން ރަޝީދު ހުސެއިން، މުހައްމަދު އަސްލަމް، އަބްދުލް ޣަފޫރު މޫސާ، އިބްރާހިމް ޝަރީފު، އަބްދުﷲ ސިނާން، ހުސެއިން މުހައްމަދު، ޑރ. މުހައްމަދު ޖަމީލް އަހްމަދު، މުހައްމަދު ނާޒިމް، މުހައްމަދު އަމީތު، އަބްދުލް ލަތީފް މުހައްމަދު، އިބްރާހިމް ހަސަން، އިބްރާހިމް ނަސީރު، އަހްމަދު މަރުޒޫގު، ފައްޔާޒް އިސްމާއިލް، ކާނަލް މުހައްމަދު ނާޒިމް، އަލީ ހުސެއިން، އާދަމް އާޒިމް، އަބްދުﷲ އަހްމަދު، ސައުދުﷲ ހިލްމީ، އަލީ ވަހީދު، މުހައްމަދު ވަހީދު އިބްރާހިމް، އިމްތިޔާޒް ފަހުމީ، އިލްހާމް އަހްމަދު، އަދި އަބްދުﷲ ރިޔާޒް އެވެ. އެ ޓީމުގެ އޮފިޝަލުންނަކީ އީވާ އަބްދުﷲ، ސިދާތާ ޝަރީފު، އަނާރާ ނައީމް، އަދި ޔުމްނާ މައުމޫން އެވެ.

ދުޅަހެޔޮ ހަށިހެޔޮ އީދުގެ ހަރަކާތްތައް އޮންނާނީ މެންދުރު 2:00 އިން ފެށިގެން ހަވީރު 6:00 އަށް އަދި ރޭގަނޑު 8:00 އިން ފެށިގެން 11:00 އަށެވެ. ފުޓުބޯޅަ މެޗުތައް ކުޅެން ފަށާނީ 19 ވަނަ ދުވަހުގެ ރޭ 20:30 ގަ އެވެ.

comment ކޮމެންޓް