ހަކުރުބަލީގެ ދުވަހާ ގުޅިގެން އޭޑީކޭއިން ހެލްތްސް ސްކްރީނިން ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފި

މިއަދު އޭޑީކޭ ހޮސްޕިޓަލުގައި ކުރިއަށް ގެންދިޔަ ހެލްތް ސްކްރީނިން ޕްރޮގްރާމުގެ ޔެރެއިން-- ފޮޓޯ: އޭޑީކޭ

ހަކުރު ބަލީގެ ދުވަހާއި ގުޅިގެން އޭޑީކޭ ހޮސްޕިޓަލްގެ ފަރާތުން ހިލޭ ހެލްތް ސްކްރީން ކުރުމުގެ ޕްރޮގްރާމެއް މިއަދު ކުރިއަށް ގެންގޮސްފި އެވެ.

އޭޑީކޭ ހޮސްޕިޓަލުން ކުރިއަށް ގެންދިޔަ މި ޕްރޮގްރާމް ފެށީ މިއަދު ހެންދުނު 10:00 ޖެހިއިރުއެވެ. އަދި މިއަދު ހަވީރު 16:00ގެ ނިޔަލަށް އެ ހޮސްޕިޓަލުގެ ޑރ. ޕާންޑިއަން ވިންގ ގެ 2 ވަނަ ފަންގިފިލާގައި ހެލްތްސް ސްކްރީން ކުރުން ކުރިއަށް ގެންދިޔަ އެވެ.

އޭޑީކޭ އިން ބުނީ އެ ޕްރޮގްރާމުގައި ލޭގެ ޕްރެޝަރާއި ލޭގައި ހަކުރު ހުރި މިންވަރު ބަލައިދިނުމާއި، ބަރުދަން ހުރީ އިސްކޮޅާއި ގުޅޭ މިންވަރަށްތޯ ބަލައިދިނުން ކުރިއަށް ދިޔަ ކަމަށެވެ. މީގެއިތުރުން އެ ޕްރޮގްރާމުގައި، ހަކުރު ބަލި ހުންނަ މީހުންނަށާއި، އެ ބަލި ނުހުންނަ މީހުންނަށް އެ ބައްޔާ މެދު ހޭލުންތެރި ކުރުމަށް މުހިންމު މައުލުމާތުތަކެއް ދެވިގެން ދިޔަ ކަމަށް އޭޑިކޭއިން ބުންޏެވެ.

މިއަދު އޭޑީކޭ ހޮސްޕިޓަލުގައި ކުރިއަށް ގެންދިޔަ ހެލްތް ސްކްރީނިން ޕްރޮގްރާމުގެ ޔެރެއިން-- ފޮޓޯ: އޭޑީކޭ

މީގެ އިތުރުން ވެސް ހަކުރު ބަލީގެ ދުވަހާ ގުޅިގެން އޭޑީކޭއިން ވަނީ އެހެން ކަންތައްތަކެއް ރާވާފަ އެވެ. އެގޮތުން އޭޑީކޭ ފާމަސީތަކުން ހަކުރު ޗެކްކުރުމަށް ބޭނުންކުރާ އެކުއަރ ޗެކް ޕާރފޯމަރ/އެކުއަރ ޗެކް އެވިއަރ ޕްލަސް ސްޓްރިޕް އަދި އެކުއަރ ޗެކް އިންސްޓަންޓް/އެކުއަރ ޗެކް އިންސްޓަންޓް ސްޓްރިޕް އިންސްޓަން ހާއްސަ ޑިސްކައުންޓަކާ އެކު ލިބޭނެ އިންތިޒާމް ވަނީ ހަމަޖައްސާފަ އެވެ.

ކޮންމެ އަހަރެއްގެ ނޮވެމްބަރުމަހުގެ 14 ވަނަދުވަސް ފާހަގަކުރަމުންދަނީ ދުނިޔޭގެ ހަކުރުބަލީގެ ދުވަހުގެ ގޮތުގަ އެވެ. އެގޮތުން އިންޓަރނޭޝަނަލް ޑައިބެޓީސް ފެޑެރޭޝަނުން މި އަހަރުގެ ހަކުރުބަލީގެ ދުވަހުގެ ޝިޢާރުގެ ގޮތުގައި ކަނޑައަޅާފައި ވަނީ "ފެމިލީ އެންޑް ޑައިބިޓީސް" ނުވަތަ "ހަކުރުބައްޔާއި ޢާއިލާ" އެވެ.

comment ކޮމެންޓް