އިބޫ ހުވާ ކުރުމުގެ ރަސްމިއްޔާތަށް ގަލޮޅު ދަނޑު ތައްޔާރު ކުރަނީ

އިބޫ ހުވާ ކުރުމުގެ ރަސްމިއްޔާތަށް ގަޮލޮޅު ރަސްމީ ދަނޑު މިހާރު ދަނީ ތައްޔާރު ވަމުން---

އިންތިހާބީ ރައީސް އިބްރާޙިމް މުހައްމަދު ސޯލިހު (އިބޫ) ރައީސުލްޖުމްހޫރިއްޔާ ކަމުގެ ހުވާ ކުރުމުގެ ހަފްލާއަށް ގަލޮޅު ރަސްމީ ދަނޑު ތައްޔާރު ކުރަން ފަށައިފި އެވެ.

މި މަހުގެ 17 ވަނަ ދުވަހު ބާއްވާ، އިބޫ ހުވާ ކުރުމުގެ ހަފްލާއަށް ގަލޮޅު ރަސްމީ ދަނޑު ތައްޔާރު ކުރަނީ ސިފައިންގެ ކޯޕަރޭޓިޗް (ސިފްކޯ) އާާ ހަވާލުކޮށްގެންނެވެ. ގަލޮޅު ދަނޑު ތައްޔާރު ކުރުމަށް ސިފައިން މިހާރު ދަނީ އެތަނުގައި ހަރަކާތްތެރި ވަމުންނެވެ.

އެ ހަފްލާއަށް ދަނޑު ތައްޔާރު ކުރަމުންދާ އިރު އެކަމަށްޓަކައި ދިވެހި ޕްރިމިއާ ލީގު ވަނީ މެދު ކަނޑާލާފަ އެވެ. އަދި ދަނޑަށް ސިފައިންގެ ހުއްދައާ ނުލައި ނުވަނުމަށް ވެސް ވަނީ އަންގާފަ އެވެ.

އެ ހަފްލާއަށް ބޭރު ގައުމުތަކުގެ އިސް ބޭފުޅުން ވަޑައިގަންނަވާނެ އެވެ. އެގޮތުން އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ވެސް ބައިވެރިވާނެ އެވެ.

އިބޫ ހުވާ ކުރުން ކުލަގަދަކޮށް ފާހަގަ ކުރަން ތައްުޔާރު ވަމުންދާ އިރު، އެކަމުގެ މުނާސަބަތުގައި މާލޭގައި ބޮޑު ސްޕޯޓްސް ފެސްޓިވަލެއް ވެސް ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ.

އިބޫ ހުވާ ކުރުމުގެ ހުރިހާ ކަމެއް ކުރިއަށް ގެންދަނީ ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާފައިވާ ކޮމެޓީއަކުންނެވެ. މީގެ ކުރިން އެ ކޮމިޓީން ނިންމާފައި އޮތީ އާންމުންނަށް ހުޅުވާލައިގެން ހަފްލާ ކުރިއަށް ގެންދިޔުމަށެވެ. އެހެން ނަމަވެސް، މިހާރު ދައުވަތު ލިބޭ ފަރާތްތަކަށް ދެވޭ ގޮތަށް ވަނީ ހަމަޖައްސާފަ އެވެ.

އިބޫ ހުވާ ކުރުމަށް ހަމަޖެހިފައިވަނީ މިމަހު 17 ވަނަ ދުވަހު ހަވީރު ފަހެއް އެއް ޖަހާއިރުއެވެ. އަދި އެ ރަސްމިއްޔާތު އެއް ގަޑިއިރަށް ދެމިގެންދާނެ އެވެ.

comment ކޮމެންޓް