ބަޖެޓުގައި ހުރީ ވިސްނާލުމެއް ނެތި ޖަހާފައިވާ އަދަދުތަކެއް: އަދުރޭ

ރައްޔިތުން މަޖިލީހުގެ ޖަލްސާއެއްގައި އަދުރޭ ވާހަކަ ދައްކަވަނީ -- ފޮޓޯ: މަޖިލިސް

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓަކީ "ވިސްނާލުމެއް ނެތި ޖަހާފައިވާ އަދަދުތަކެއް" ކަމަށް ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.

ބަޖެޓަށް ބަހުސްކުރައްވަމުން އަދުރޭ ވިދާޅުވީ ފޮނަދޫ ދާއިރާ އަށް އެއްވެސް ކަމެއް ކޮށްދިނުމަށް ބަޖެޓުގައި ހިމަނާފައި ނެތް ކަމަށެވެ.

"އަޅުގަނޑުގެ ދާއިރާގައި ހިމެނޭ މާމެންދޫގެ ނަމެއް ބަޖެޓުގައި ނުވެސް ނެތް،" އަދުރޭ ވިދާޅުވި އެެވެ. އޭނާ ވިދާޅުވީ ރައީސް ޔާމީންގެ ސަރުކާރުގައި ފޮނަދޫ ދާއިރާ އަށް ގިނަ ކަންތައްތަކެއް ކޮށްދެއްވާފައިވާ ކަމަށެވެ.

އަދުރޭ ވިދާޅުވީ ބަޖެޓު އެކުލަވާލާފައި ވަނީ ރާއްޖޭގެ ހާލަތު އޮތްގޮތް ވަޒަން ނުކޮށް ކަމަށެވެ.

"ބަޖެޓަށް ބަލާލީމާ އާސަންދަ އަށް ބަދަލުތަކެއް އަންނަތަން އެބަފެނޭ. މިއީ ވަރަށް ހިތާމަހުރި ކަމެއް،" އޭނަ ވިދާޅުވީ ފަސޭހަކަމާ އެކު އާސަންގައގެ ހިދު،ަތް ލިބޭނެގޮތް މި ސަރުކާރުން ފަހިކޮށްދެއްވާފައިވާ ކަމަށެވެ.

"އާސަރުކާރުން ބަޖެޓު ގެނައިގޮތާ އެކު އެކަމަށް ވެސް ބުރޫ އަރައިގެން އެބަދޭ،" ބަޖެޓަކިީ ތަަސައްވަރެއް ނެތި އެކުލަވާލާފައިވާ އެއްޗެއް ކަމަށް ވެސް އަދުރޭ ވިދާޅުވި އެވެ. އަދުރޭ ވަނީ ބަޖެޓު ފާސްކުރާއިރު ފޮނަދޫ ދާއިރާ އަށް ބޭނުންވާ ކަންތައް ކުރެވެނެވަރަށް ބަޖެޓް ދިނުމަށް ބަޖެޓު ދިރާސާކުރާ ކޮމެޓީގެ މެންބަރުންނަށް ގޮވާލައްވައިފަ އެވެ.

ބަޖެޓާ ގުޅޭ ގޮތުން ކެލާ ދާއިރާގެ މެންބަރު އަލީ އާރިފް ވިދާޅުވީ ބަޖެޓުގައި އަދަދު ޖަހަން ޖެހޭނީ އެ މަސައްކަތަކީ ކުރެވޭނެ ކަމަކަށް ވާނަމަ ކަމަށެވެ.

މާފަންނު ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ރިފާއު ވިދާޅުވީ ބަޖެޓު ފޮތުން ފެންނަނީ ރައީސް ޔާމީނުގެ ސަރުކާރުން ފަސް އަހަރު ތެރޭ ރާޢްޖެއަށް ގެނެސްދީފައިވާ ތަރައްގީ ކަމަށެވެ. އާ ސަރުކާރަށް ދަތިކުރަން ޕީޕީއެމް މެންބަރުން މަސައްކަތް ނުކުރައްވާނެ ކަމަށް ވެސް ރިފާއު ވަނީ ވިދާޅުވެފަ އެވެ.

comment ކޮމެންޓް