ފެންޓާސްޓިކް ބީސްޓް: ދަ ކްރައިމްސް އޮފް ގްރިންޑަލްވާލްޑް ހަފްތާ ބަންދުގައި ޝްވެކްއަށް

ފެންޓާސްޓިކް ބީސްޓް: ދަ ކްރައިމްސް އޮފް ގްރިންޑަލްވާލްޓްގެ ޓީޒާ ޓްރެއިލާ ދައްކާލައިފި

ވާނާ ބްރޯޒް ޕިކްޗާސް އިން ގެނެސްދޭ ފިލްމު ފެންޓާސްޓިކް ބީސްޓްސްގެ ސީކުއަލް ފެންޓާސްޓިކް ބީސްޓް: ދަ ކްރައިމްސް އޮފް ގްރިންޑަލްވާލްޑް މި ހަފްތާ ބަންދުގައި ޝްވެކް ސިނަމާގައި ޕްރިމިއާކުރާ ގޮތަށް ނިންމައިފިއެވެ.

ޝްވެކް ސިނަމާއިން ބުނީ ފިލްމުގެ ޓިކެޓް މިއަދު ވިއްކަން ފަށާނެ ކަމަށާއި އަދި ޓިކެޓް ބުކް ކުރެވެމުންދާނެ ކަމަށެވެ.

އެ ފިލްމުގެ ޕްރޮޑިއުސަރުންނަކީ ޑޭވިޑް ހޭމަން، ސްޓީވް ކްލޯވްސް، ޖޭކޭ ރޯލިން އަދި ލައޯނެލް ވިގްރަމް އެވެ.

"ފެންޓާސްޓިކް ބީސްޓް: ދަ ކްރައިމްސް އޮފް ގްރިންޑަލްވާލްޓް"ގެ ލީޑް ތަރިންގެ ގޮތުގައި ފެނިގެންދާނީ ޖޯނީ ޑެޕް، އެޑީ ރެޑްމޭން އަދި ޖޫޑް ލޯ އެވެ.

ތަފާތު ކަންތައްތަކެއް ފެނިގެންދާ މި ސީކުއަލް އަކީ ކުރީ ގެނެސްދިން ފިލްމަށް ވުރެ ވެސް މާ ޝައުގުވެރިކޮށް ގެންދަން ހަމަޖެހިފައިވާ ފިލްމެއް ކަމަށް ޓީމުން ބުންޏެވެ.

ފިލްމުގެ ފުރަތަމަ ބައިން ފެނިގެންދިޔައީ މެކްޔޫއެސްއޭ ނުބައި ޖާދޫގަރު ގްރިންޑަލްވާލްޓް ހައްޔަރުކުރި ތަނެވެ.

comment ކޮމެންޓް