ހަކުރު ބަލީގެ ދުވަސް އެޗްޕީއޭ އިން މިއަހަރު ހާއްސަ ގޮތެއްގައި ފާހަގަ ކުރަނީ

ހެލްތް މިނިސްޓްރީގެ މުވައްޒަފުން ފޮޓޯއަކަށް ހުއްޓިލައިގެން --

އެހެން އަހަރުތަކާ ތަފާތުކޮށް މިއަހަރު ހާއްސަ ގޮތެއްގައި ދުނިޔޭގެ ހަކުރު ބަލީގެ ދުވަސް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހެލްތް މިނިސްޓްރީގެ ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ފާހަގަ ކުރަމުުން ދާކަމަށް އެ އޮތޯރިޓީ އިން ބުނެފި އެވެ.

ދުނިޔޭގެ ހަކުރުބަލީގެ ދުވަހުގެ ގޮތުގައި ފާހަގަ ކުރަމުން އަންނަނީ މިމަހު 14 ވަނަ ދުވަހެވެ.

އެޗްޕީއޭގެ ޕަބްލިކް ހެލްތް ޕްރޮގްރާމް މެނޭޖަރު، އިބްރާހިމް ނާޒިމް "ސަން" އަށް ވިދާޅުވީ އެހެން އަހަރުތަކުގައި ހަކުރުބަލީގެ ދުވަސް ފާހަގަ ކުރަނީ މާލޭގައި ވަރަށް އަދާއިގެ ގޮތެއްގައި ކަމަށާއި ނަމަވެސް މިއަހަރު މުޅި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެ ދުވަސް މިއަދު ކުލަ ގަދަ ގޮތެއްގައި ފާހަގަ ކުރަމުން އަންނަ ކަަމަށެވެ.

ސަރުކާރުގެ އޮފީސް ތަކުގައި ވެސް މިއަދު ވަނީ ކަސްރަތުގެ ހަރަކާތްތައް ކުރިއަށް ގެންގޮސްފަ --

އެގޮތުން މިއަދު ސަރުކާރުގެ އޮފީސް ތަކުގައި މަސައްކަތްތައް ފެށިގެން ދިޔައީ ކަސްރަތުގެ ހާއްސަ ހަރަކާތަކުން ކަމަށާއި މޫދު ކަސްރަތުތައް ވެސް ކުރިއަށް ދިޔަ ކަމަށެވެ. އަދި އެއަށްފަހު ސިއްހަތު ރަނގަޅު ހެނދުނުގެ ނާސްތާ ސަރުކާރުގެ ބައެއް އޮފީސްތަކުގައި ތައްޔާރުކޮށްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި މުވައްޒަފުން އޮފީސް ތަަކަށް ދުރުވީ ވެސް ނޫކުލައިގެ ހެދުމެއް ތުރުކުރައްވައިގެން ކަމަށް އޭނާ ވިދާޅުވިއެވެ.

ކެޕްޝަން..

"އަޅުގަނޑުމެންގެ އަމާޒަކީ މިދުވަހު މި ބައްޔާ ބެހޭ ގޮތުން ރައްޔިތުން އިތުރަށް ހޭލުން ތެރި ކުރުވައި، މި ބައްޔާ ބެހޭ މަައުލޫމަތު ދިނުން. އެގޮތުން މިއަަހަރު ބޮޑަށް އަމާޒު ކުރައްވައިފައިވަނީ މަސައްކަތުގެ މާހައުލުގައި އުޅޭ މުވައްޒަފުންނާއި ރާއްޖޭގެ އެކި ކަންކޮޅުތަކަށް،" ކަމަށް އޭނާ ވިދާޅުވިއެވެ.

މާލެއާއި ރާއްޖޭގެ އެކި ކަންޖކޮޅުތަކުގައި ވަނީ ކަސްރަތުގެ ހަރަކާތްތައް ކުރިއަށް ގެންގޮސްފަ --

އޭނާ އިތުރަށް ވިދާޅުވީ މި ދުވަހާ ގުޅިގެން އެޗްޕީއޭ އިން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހޭލުންތެރި ޝެޝަންތަކާއި ހަރަކާތްތައް ރާވައިފައިވާ ކަަމަށެވެ.

މީގެ އިތުރުން އެ އޮތޯރިޓީ އިން ވަނީ ހުކުރު ދުވަހު ހަވީރު، ހަކުރު ބަލީގެ ދުވަހާ ގުޅޭ ހާއްސަ ހަރަކާތްތަކެއް ރަސްފަންނުގައި ކުރިއަށް ގެންދިއުމަށް ނިންމާފައެވެ.

އެގޮތުން އެ ހަރަކާތުގައި ޒުމްބާ، ޔޯގާ، ކަސްރަތު، އަދި އެކި މައުލޫމަތުތައް ދިނުމަށް ހަމަ ޖެހިފައިވާ ކަމަށް އެޗްޕީއޭ އިން ބުންޏެވެ.

comment ކޮމެންޓް