ޑިޖިޓަލް ރިސޯޓްސް ސޮލިއުޝަންތަކެއް އުރީދޫ އިން ތާއާރަފް ކޮށްފި

ރާއްޖޭގެ ފަތުރުވެރިކަމުގެ ދައިރާއަށް ޙާއްސަކޮށްފައިވާ ޑިޖިޓަލް ރިސޯޓް ޕޯޓްފޯލިއޯއެއް އުރީދޫ އިން މިއަދު ތައާރަފްކޮށްފި އެވެ.

އެގޮތުން އުދީދޫ ބިޒްނަސް އިން ތާއާރަފް ކުރި ރިސޯޓުތަކަށް ހާއްސަ މި ޕޯޓްފޯލިއޯގައި ފަސް ސޮލިއުޝަންތަކެއް އުރިދޫ އިން ވަނީ ތައާރަފްކޮށްފަ އެވެ.

އެކުންފުނިން ބުނީ މި ސޮލިއުޝަންތަކުގެ އަމާޒަކީ، ފަތުރުވެރިކަން ކުރިއެރުވުމަށް ބައިނަލްއަޤްވާމީ މާކެޓްތަކުގައި ބޭނުންކުރެވެމުންދާ އެންމެ ފަހުގެ ޓެކްނޮލޮޖީތަކާއި ދިވެހި ރިސޯޓުތައް ފަސޭހަކަމާއި އެކު ގުޅުވާލަދިނުމެވެ.

އުރިދޫގެ ސީއީއޯ، ނަޖީބް ޙާން ވިދާޅުވީ ދުނިޔޭގެ އެކި ހިސާބުތަކުގައި ވިޔަފާރިތަކަށް ޚިދުމަތް ފޯރުކޮށްދެމުންދާ އިތުބާރުހުރި ބައިވެރިއެއްގެ ގޮތުން ލިބިފައިވާ ތަޖުރިބާ އާއި އެކު، އުރީދޫގެ ޑިޖިޓަލް ރިސޯޓް ސޮލިއުޝަންތައް މަސައްކަތްކުރަނީ ފަތުރުވެރިންގެ ތަޖުރިބާތައް އިތުރަށް ފުރިހަމަކޮށް، ރިސޯޓުތަކުގެ އައިޓީ އިންފްރާސްޓްރަކްޗާ ސިމްޕްލިފައި ކުރުމާ އެކު އެކަމަށް ހޭދަކުރަމުންދާ އަދަދު ކުޑަކޮށްދިނުމަށް ކަމަށެވެ.

"އަދި ރިސޯޓުގެ އެންމެހާ މުއާމަލާތް ބެހޭ އެންމެހާ މައުލޫމާތުތައް އެއްތަންކޮށް، ޑޭޓާ އެނަލިޓިކްސްގެ އެހީގައި ވިޔަފާރި ކުރިއެރުވުމަށް އެހީތެރިކަން ފޯރުކޮށްދިނުން،" އެއީ އެސޮލިއުޝަންތަކުގެ އަމާޒެއް ކަމަށް ނަޖީބް ވިދާޅުވި އެވެ.

އުރީދޫ ބިޒްނަސްގެ ޑިޖިޓަލް ރިސޯޓްސް އަކީ، އިތުރު ހާޑްވެއާތަކާއި ނުލާ ކްލައުޑް މެދުވެރިކޮށް ޚިދުމަތް ފޯރުކޮށްދޭ އީޖާދީ ޑިޖިޓަލް ސޮލިއުޝަންތަކަށް ވާނެ ކަމަށް އުރީދޫ އިން މައުލޫމަތުދެ އެވެ. މި ޕޯޓްފޯލިއޯގައި ހިމެނޭ ސޮލިއުޝަންތަކަކީ:

  • ޑިޖިޓަލް ރިސޯޓް އެޕް: ފަތުރުވެރިން ރިސޯޓަށް އައުމުގެ ކުރިން، ޗުއްޓީ ތެރޭގައި، އަދި އެއަށްފަހު ވެސް ކުރަން ޖެހޭ އެންމެހާ މުއާމަލާތްތަކެއް އެއް ޕްލެޓްފޯމަކަށް ގެނެސްދޭ އެޕެއް.
  • ޑިޖިޓަލް އެޗް.އާރު: މުވައްޒަފުންގެ އެންމެހާ މުއާމަލާތްތަކެއް ފަސޭހަކޮށްދޭ، ކްލައުޑް މެދުވެރިކޮށް މަސައްކަތް ކުރާ ޓޫލެއް.
  • ޑިޖިޓަލް އެންޓަޓެއިންމަންޓް: އެންމެ ފަހުގެ އެޗްޑީ އެންޓަޓެއިންމަންޓް، ވީޑިއޯ އޮން ޑިމާންޑް އަދި އިން-ރޫމް ސާވިސާސް ފޯރުކޮށްދޭ، ފުރިހަމަ އައިޕީޓީވީ ޕްލެޓްފޯމެއް.
  • ޑިޖިޓަލަ ހަބް: މިއީ ސިންގަލް ގިގަބިޓް ފައިބާ ނެޓްވޯކެއްގައި ބިނާކޮށްފައިވާ، ވޮއިސް، ވީޑިއޯ، އިންޓަނެޓް އަދި ޓީވީގެ ޚިދުމަތްތަށް ފޯރުކޮށްދޭ ކޮޑް ޕްލޭ ސޮލިއުޝަން
comment ކޮމެންޓް