މަދުން ނޫނީ ނުފެންނަ ވައްތަރެއްގެ ޖަވާހިރެއް 50 މިލިއަން ޑޮލަރަށް ވިއްކާލައިފި

އާންމުކޮށް ނުފެންނަ ވައްތަރެއްގެ ޖަވާހިރެއް ބޮޑު އަގެއްގައި ނީލަން ކިޔައިފި އެވެ.

"ޕިންކް ލެގަސީ"ގެ ނަމުން ނަންދީފައިވާ މި ޖަވާހިރު ނީލަން ކިޔައިފައި ވަނީ 50.3 މިލިއަން ޑޮލަރަށެވެ. ޖެނީވާގައި ކުރިއަށްދިޔަ މި ނީލަމުގައި ވިއްކާލި މި ޖަވާހިރަކީ 18.96 ކެރެޓުގެ ޖަވާހިރެކެވެ. މިއީ އާންމުކޮށް ނުފެންނަވަރުގެ ބޮޑު ޖަވާހިރެއްކަމަށްވެ އެވެ.

މި "ޕިންކް ލެގަސީ" އަކީ މިހާތަނަށް އެންމެ ބޮޑު އަގުގައި ވިއްކާލެވުނު މި ވައްތަރުގެ ޖަވާހިރެވެ.

މި ޖަވާހިރު ނީލަންކީ ކްރިސްޓީސްގެ އިންޓަނެޝަނަލް ތަރުޖަމާނު ރާހުލް ކަޑާކިއާ ބުނީ މި ޖަވާހިރު ގަނެފައިވަނީ އެމެރިކާގެ ލަގްޒަރީ ބްރޭންޑު ހެރީ ވިންސްޓަން އިން ކަމަށެވެ.

އާންމުކޮށް ޕިންކް ލެގަސީ ޑައިމަންޑުގައި ހުންނަނީ 10 ކެރެޓް ކަމަށާއި މިފަހަރު ނީލަންކީ ޕިންކް ލެގަސީ އަކީ ކެރެޓްގެ ނިސްބަތަށް ބަލާއިރުވެސް އެންމެ ބޮޑު އަގުގައި ވިއްކާލެވުނު ޖަވާހިރު ކަމަށް ކްރިސްޓީސް އިން ބުނެފައިވެ އެވެ. މި ޖަވާހިރު ވަނީ މިހާރު ގިނިސް ބުކް އޮފް ވޯލްޑް ރިކޯޑްސްގައި ވެސް ހިމަނައިފަ އެވެ.

comment ކޮމެންޓް