އަންނަ އަހަރު އެންމެ ބޮޑު އާމްދަނީއެއް ލިބޭނީ، ބީއެމްއެލް، ދިރާގު އަދި އެސްޓީއޯ އިން ކަމަށް ބުނެފި

ޅ. އަތޮޅު ފުށިފަރު ރިސޯޓް ---

ހިއްސާގެ ގޮތުގައި އަންނަ އަހަރު ދައުލަތަށް އެންމެ ބޮޑު ފައިދާ ލިބޭނީ ބޭންކް އޮފް މޯލްޑިވްސް އާއި ދިރާގު އަދި އެސްޓީއޯ އިން ކަމަށް ލަފާކޮށްފި އެވެ.

އަންނަ އަހަރަށް ލަފާކޮށްފައިވާ ދައުލަތުގެ ބަޖެޓުގައި ލަފާކޮށްފައި ވަނީ ސަރުކާރ ހިއްސާވާ ކުންފުނިތަކުން ޑިވިޑެންޑުގެ ގޮތުގައި 892.7 މިލިޔަން ރުފިޔާ އާމްދަނީގެ ގޮތުގައި ސަރުކާރަށް ލިބޭނެ ކަމަށެވެ. ފައިދާ އާއި އިންޓަރެސްޓްގެ ގޮތުގައި ދައުލަތަށް ލިބޭނެ ކަމަށް ލަފާކޮށްފައި ވަނީ 1.2 ބިލިޔަން ރުފިޔާ އެވެ.

ދައުލަތުގެ އާމްދަނީ ލިބޭނެ ކަމަށް ލަފާކޮށްފައިވާ އަދަދަށް ބަލާއިރު ދައުލަތަށް އެންމެ ބޮޑު އާމްދަނީއެއް ލިބޭނެކަމަށް ލަފާކޮށްފައި ވަނީ ޓެކްސް އާއި ހިލޭ އެހީގެ ގޮތުގަ އެވެ. އޭގެ އިތުރުން ރިސޯޓުތަކުގެ ބިމު ކުލީގެ ގޮތުގައި ވެސް ދައުލަތަށް ލިބޭ އާމްދަނީ 11 ޕަސެންޓް އިތުރުވާނެ ކަމަށް ލަފާކޮށްފައިވެ އެވެ.

އިތުރު ރިސޯޓުތައް ހުޅުވުމާއި، ކުލި ނުދައްކާ ރިސޯޓުތަކުގެ ކުލި ހޯދަން މަސައްކަތް ކުރުމުން ލިބޭ އަމްދަނީ އިތުރުވާނެ ކަމަށް ލަފާކޮށްފައިވެ އެވެ.

އަންނަ އަހަރަށް ލަފާކޮށްފައި ވަނީ 29.6 ބިލިއަން ރުފިޔާ އެވެ. ހަރަދުގެ ގޮތުގައި ލަފާކޮށްފައި ވަނީ 26.7 ބިލިއަން ރުފިޔާ އެވެ. އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި 23 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާކޮށްފައިވެ އެވެ.

comment ކޮމެންޓް