ފޭސްބުކް ޕޭޖެއް މެދުވެރިކޮށް ދީނަށް ފުރަައްސާރަ ކުރި މައްސަލަ ބަލަނީ

ޝަހީދު ހުސައިން އާދަމް ބިލްޑިން ---- ސަން ފައިލް ފޮޓޯ/ އިހްތިޝާމް މުހައްމަދު

ފޭސްބުކް ޕޭޖެއް މެދުވެރިކޮށް އިސްލާމް ދީނަށް ފުރައްސާރަ ކުރި މައްސަލަ ފުލުހުން ބަލަން ފަށައިފި އެވެ.

އިސްލާމް ދީނަށާއި، ކީރިތި ރަސޫލާއަށް ހަޖޫޖަހައި ކާޓޫނުތަކަކާއި ލިޔުންތަކެއް ފޭސްބުކް ޕޭޖެއްގައި ޖެހި މައްސަލަ ދާދި ފަހުން ވަނީ ފެންމަތިވެފަ އެވެ. އެ ކަމާ ގުޅިގެން އާންމުންގެ ގިނަ ބަޔަކު ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

މިއަދު ފުލުހުން ޓްވިޓާ މެދުވެރިކޮށް ބުނީ އިސްލާމް ދީނާ ހިލާފު ވާހަކަތަކެއް ލިޔެ ފޭސްބުކް ޕޭޖެއްގައި ފަތުރަމުންދާ މައްސަލަ ފުލުހުން ތަހުގީގު ކުރަން ފަށާފައިވާ ކަމަށެވެ.

އެ މައްސަލަ ތަހުގީގު ކުރާ ކަމަށް ފުލުހުން ވިދާޅުވެފައިވީ ނަމަވެސް އެކަމާ ގުޅޭ އިތުރު ތަފްސީލެއް ފުލުހުން ނުދެއްވަ އެވެ.

ފޭސްބުކް ޕޭޖެއް މެދުވެރިކޮށް އިސްލާމް ދީނާ ހިލާފު ވާހަކަތަކެއް ދެއްކި މައްސަލަ ފުލުހުން ބަލަން ފަށާފައިވާ އިރު މީގެ ކުރިން ވެސް ފުލުހުން ވަނީ އެފަދަ ޕޭޖުތަކުގެ މައްސަލަތައް ތަހުގީގު ކޮށްފަ އެވެ.

comment ކޮމެންޓް