މިނެޓެއް ތެރޭ އަލީބާބާއިން އެއް ބިލިއަން ޑޮލަރުގެ ވިޔަފާރި

އަލީބާބާ ކުންފުނީގެ މައިމަރުކަޒުގެ ބޭރު --

ޗައިނާގެ އޮންލައިން ވިޔަފާރި ކުންފުނި އަލީބާބާއިން އެއް މިނެޓް ތެރޭ އެއް ބިލިއަން ޑޮލަރުގެ ވިޔަފާރި ކޮށްފިއެވެ.

ވިޔަފާރި ކުރާ މީހުންނަށް އީދެއްގެ ގޮތުގައި މިއަދު ފާހަގަ ކުރާއިރު އޮންލައިން ކޮށް އަލީބާބާ މެދުވެރިވެގެން ވިޔަފާރި ކުރާ މީހުން ގިނައެވެ. އެ ކުންފުނިން ބުނީ އެހެން އަހަރުތަކާ އަޅާބަލާއިރު މިއަހަރު ޕްރެޝަރު ބޮޑު ކަމަށެވެ. ސަބަބަކީ އޮންލައިން ވިޔަފާރިކުރާ އެހެން ވިޔަފާރިތައް މާކެޓުގައި ވަރުގަދަ ވުމާއި ޗައިނާގެ އިގްތިސާދު ދަށަށް ގޮސްފައިވުމެވެ. އަދި އެމެރިކާ އާއި ޗައިނާ އާ ދެމެދު އުފެދިފައިވާ ވިޔަފާރީގެ ހަގުރާމައިގެ އަސަރުވެސް ކުރާކަމަށް އެ ކުންފުނިން ބުނެފައިވެއވެ.

ނަތީޖާއެއްގެ ގޮތުން އަލީބާބާ އިން ވަނީ މިއަހަރު ލިބޭނެކަމަށް ލަފާކޮށްފައިވާ ފައިދާ ހަ ޕަސެންޓު ދަށް ވާނެ ކަމަށް ލަފާ ކޮށްފައެވެ.

ދެހާސް ނުވަވަނަ އަހަރުން ފެށިގެން 11/11 ޗައިނާ ގައި ފާހަގަ ކުރަނީ ހުސްހަށިބައި މީހުންގެ ދުވަހުގެ ގޮތުގައެވެ. އެދުވަހަށް ހާއްސަ ބޮޑެތި ޑިސްކައުންޓް ތަކާއެކު ސޭލުތައް ކުރިއަށް ގެންދެއެވެ. ސިންގަލްސްޑޭ އަކީ އަލީބާބާ ފަދަ އީކޮމާސް ވިޔަފާރިތަކަށް އަންނަ އީދެކެވެ.

comment ކޮމެންޓް