ބޮންބާޑިއާ އިން 5000 ވަޒީފާ މަދުކުރަނީ

ކެނެޑާގެ އެއާކްރާފްޓް އުފައްދާ ކުންފުނި ބޮމްބާޑިއާ އިން 5000 ވަޒީފާ މަދުކުރަން ނިންމައިފިއެވެ.

މިއީ ހަރަދު ކުޑަކުރުމަށް ނިންމި ނިންމުމެއްކަމަށް ބޮމްބާޑިއާ އިން ބުނެފައިވެއެވެ. އެ ކުންފުނިން ބުނީ ކުރިއަށް އޮތް އަހަރެއްހައި ދުވަހުގެ ތެރޭގައި މި މުވައްޒަފުން ވަޒީފާ އިން ވަކިކުރާނެ ކަމަށެވެ. އެއާއެކު 2021 އަންނަންވާއިރަށް ކުންފުންޏަށް އަހަރަކު 250 މިލިއަން ޑޮލަރު ހަރަދު ކުޑަވާނެކަމަށް ބޮމްބާޑިއާ އިން ބުނެއެވެ.

ވަޒީފާ އިން ވަކިކުރާ ގިނަ މީހުންނަކީ މެނޭޖްމެންޓް އަދި އިންޖިނިއަރިން ވަޒީފާ ތަކުގައި މަސައްކަތްކުރާ މީހުންކަމަށްވެސް އެކުންފުނިން ބުނެފައިވެއެވެ.

ބައެއް މުވައްޒަފުން ވަޒީފާ އިން ވަކިކުރުމުގެ އިތުރުން ބޮމްބާޑިއާގެ ދަށުން ހިންގާ ބައެއް ޔުނިޓުތައް ވިއްކާލަންވެސް ވަނީ ނިންމައިފައެވެ. އެގޮތުން ކިޔު ސީރީޒް ޓާބޯ ޕޮޕް އެއާކްރާފްޓް 300 މިލިއަން ޑޮލަރަށް ވިއްކާލަން ވަނީ ނިންމައިފައެވެ.

comment ކޮމެންޓް