އައްޑޫ ލިންކް ރޯޑުން ކާރެއް ފޮރޮޅާލައި ބޮޑެތި ގެއްލުންތަކެއް ވެއްޖެ

އައްޑޫ ސިޓީގައި މިއަދު ހިނގި އެކްސިޑެންޓުގައި ކާރު ފުރޮޅާލައިފަ --- ފޮޓޯ: ފުލުހުން

އައްޑޫ ސިޓީ ލިންކް ރޯޑުން ބާރު ސްޕީޑެއްގައި ދުއްވާފައި ދިޔަ ކާރެއް ފުރޮޅާލައި ގެއްލުންތަކެއް ވެއްޖެ އެވެ.

އެ އެކްސިޑެންޓް ހިނގާފައި ވަނީ މިއަދު މެންދުރު 12 ޖަހަން ކައިރިވެފައި ވަނިކޮށް ގައުކެނޑި ސަރަހައްދު ކުނި ކޮށީގެ އިރުމަތީ ފަރާތުގަ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ އެ ހާދިސާގައި ކާރުގައި ތިބި ދެ މީހުނަށް އެކިވަރުގެ ހާނިއްކަ ލިބިފައިވާ ކަމަށެވެ. އަދި ފުރޮޅާލި ކާރަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށް ވެސް އޮފިޝަލު ވިދާޅުވި އެވެ.

މަންޒަރުދުށް މީހަކު ބުނީ ކާރު ފުރޮޅާލުމުގެ ސަބަބުން އޭގެ ކުރީ ކޮޅަށް ބޮޑެތި ގެއްލުންތަކެއް ލިބި ވިންޑް ސްކްރީން ވެސް އެއްކޮށް ތަޅައިގެން ގޮސްފައިވާ ކަމަށެވެ. ނަމަވެސް އޭގައި ތިބި ދެ މީހުނަށް މާ ބޮޑު އަނިޔާއެއް ނުވާ ކަމަށް ވެސް އޭނާ ބުންޏެވެ.

comment ކޮމެންޓް