ހީތާނީ ސީޒަނާ އެކު ސުނީ އަނެއްކާ ވެސް ބިޒީ ވަނީ!

ސުނީތާ އަލީ....

ކުރިޔަށް އޮތީ ހިތާނީ ސީޒަނެވެ. ސްކޫލްތައް ބަނދުވުމާ އެކު ރަށް ރަށުގެ އިތުރުން މާލޭގެގައި ވެސް ހިތާނު ކުރަން ފަށާނެ އެވެ. ގިނަ ގޭގޭގައި ހިތާނީ ފޯރި ވަރަށް ގަދަ ކޮށްލާނެ އެވެ. ބެރުޖަހާ ނުވަތަ ކޮންމެވެސް ނަށާ މީހެއް ގެންގޮސްގެން ރޭތައް ފަޅުފިލުވާނެ އެވެ.

އެގޮތުން ޝޯތައް ދިނުމުގައި ކޮންމެ އަހަރަކު ވެސް އެންމެ ކުރީގައި އުޅޭ ފަންނާނަކީ ކުޅަދާނަ ނެށުންތެރިޔާ ސުނީތާ އަލީ(ސުނީ) އެވެ. މެދުނުކެނޑި ނަށާތާ 23 އަހަރަށް ވުރެ ގިނަ ދުވަސް ވެއްޖެ އެވެ. ރިސޯޓްތަކުގެ އިތުރުން ހީތާނުކޮށްގެން އުޅޭ ގޭގޭގައި ސުނީ ނުލާހިކު ފޯރި ނަގަ އެވެ.

މި އަހަރުގެ ކުރިޔަށް މިއޮތް ހިތާނީ ސީޒަނާ އެކު ސުނީގެ ޝެޑިއުލަށް ވެސް ބާރު ބޮޑުވާން ފަށައފި އެވެ. ކޮންމެ އަހަރަކު ވެސް މިދުވަސްވަރު ސުނީގެ ޝެޑިއުލް ބިޒީ ވާ ފަދައިން މި އަހަރުގެ ޝެޑިއުލް ވެސް ބިޒީ ވަނީ އެވެ.

ހިތާނީ ޝޯ އެއްގަައި ސުނީ...

"ސަން" އަށް މައުލޫމާތު ދެމުން ސުނީ ބުނީ، މިހާރު ވެސް ގިނަ ބައެއްގެ ރިކުއެސްޓު އަންނަމުންދާ ކަމަށާއި މިހާތަނަށް މާލެއިން ބޭރުން 12 ވަރަކަށް ރަށް ފައިނަލް ވެފައިވާ ކަމަށެވެ. އަދި މާލޭން ވެސް ޝޯތައް ބޭއްވުމަށް ވާހަކަ ދެކެވެމުން އަންނަ ކަމަށް ސުނީ ބުންޏެވެ.

"މިހާރު ވެސް އެބަ އާދޭ ރިކުއެސްޓުތައް ބައިވަރު، ވީ ވަރަކުން އާނއެކޭ ބުނަމުން މިދަނީ، 12 ވަރަކަށް ރަށް މިހާރު ވެސް ކޮންފާމްޑް" ބޮލީވުޑްގެ ބަތަލާ ޕްރިޔަންކާ ޗޯޕްޅާގެ ރާއްޖޭގައި ހުރި އެންމެ ބޮޑު ފޭން ސުނީ ބުންޏެވެ.

އިތުރަށް ވާހަކަ ދައްކަމުން ސުނީ ބުނީ، ވޭތުވެ ދިޔަ އަހަރުތަކުގައި ވެސް ބައެއް ރޭރޭ ދެ ގޭގައި ވެސް ޝޯތައް ދޭން ޖެހިފައި ހުރި ކަމަށެވެ.

"މީހުން ބުނާލެއް ގިނަ ކަމުން، ބައެއް ރޭރޭ ދެ ގެއަށް ވެސް ދާން ޖެހިފައި ހުންނާނެ ކުރީގެ ޝޯ ތަކުގަ." ސުނީ ބުންޏެވެ.

ހިތާނީ ޝޯ އެއްގަައި ސުނީ...

މެދުކެނޑުމެއް ނެތި ގިނަ އަހަރުތަކެއް ވަންދެން ނެށުމުގެ ދާއިރާއިން ބެލުންތެރިންގެ މުނިފޫހިފިލުވައި ދެމުން އަންނަ ސުނީ އަކީ ރާއްޖޭގައި އުފެދުނު "އިންޑިވިޖުއަލް" ނެށުންތެރިޔާ ކަން ފާހަގަކޮށްލެވެ އެވެ.

ހިތާނީ މޫސުމާގައި ސުނީ ގެންދަން ބޭނުން ހެއްޔެވެ؟ އިސާހިތަކު ސުނީގެ ޝެޑިއުލްތައް ފުލްވެދާނެ އެވެ. ގެންދަން ބޭނުންވާ ނަމަ ފޭސްބުކް ޕޭޖަށް މެސެޖުކޮށް ނޫނީ ސުނީ އަށް ގުޅާލާފައި ވެސް ރިކުއެސްޓް ކޮށްލެވިދާނެ އެވެ. ސުނީ ހުރީ ހަމަ ތައްޔާރަށެވެ.

comment ކޮމެންޓް