ތައިލެންޑްގައި ހިންގި "މޯލްޑިވްސް ސްޓައިލް" ރިސޯޓު ބަންދުކޮށްފި

ރާއްޖެ ކޮޕީކޮށްގެން ތައިލެންޑުގައި ހިންގި ރިސޯޓް އައިލެންޑް ބަންދުކޮށްފިއެވެ.

ތައިލެންޑްގެ ޗަންތަބޫރީގައި ހިންގަމުންދިޔަ "މޯލްދިވސް އޮފް ޗަންތަބޫރީ" ބަންދުކޮށްފައިވަބީ ހުއްދަ ނުނަގައި މޫދު ވިލާތައް އަޅައި ވެއްޓަށް ގެއްލުންވާގޮތަށް އަމަލުކުރަމުންދާތީއެވެ.

އެގޮތުން އެ ރިސޯޓުގައި އަޅާފައިވާ މޫދުކޮޓަރިތައް އަޅާފައި ހުރީ ހުއްދަ ނުހޯދާ ކަމަށާއި ޖަންގަލީގެ ބޭނުންވެސް ކުރަމުންގޮސްފައިވަނީ ކަމާބެހޭ ފަރާތްތަކުން ނަގަންޖެހޭ ހުއްދަތައް ނުނަގައި ކަމަށް ރިޕޯޓުތައް ބުނެއެވެ.

ރާއްޖޭގެ ނަން ބޭނުންކޮށްގެން ހިންގަމުންދިޔަ އެ ރިސޯޓަށް ވަނީ ފަތުރުވެރިންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބިފައެވެ. އެ ރިސޯޓުގައި ހުންނަ 15 ބަންގަލޯގެ ތެރެއިން ނުވަ ބަންގަލީ އަޅާފައިވަނީ ރާއްޖޭގައި ހުންނަ މޫދު ކޮޓަރީގެ ކޮންސެޕްޓަށް މޫދުގައެވެ.

އެތަން އިޝްތިހާރުކުރަމުން ގޮސްފައިވަނީވެސް ތައިލެންޑުގެ ދިވެހިރާއްޖޭގެ ގޮތުގައެވެ.

comment ކޮމެންޓް