"ކެދާނަތު"ގެ ފުރަތަމަ ލަވަ ދައްކާލައިފި

ކެދާނަތް ރިލީޒްކުރާނީ އަންނަ މަހުގައި---

ސުޝާންތު ސިންގް ރާޖްޕުތު އަދި ސާރާ އަލީ ޚާން ލީޑު ރޯލުން ފެނިގެންދާ ފިލްމު 'ކޭދަރްނާތު'ގެ ފުރަތަމަ ލަވަ ދައްކާލައިފިއެވެ.

މި ލަވަ އަކީ މަޝްހޫރު ލަވަކިޔުންތެރިޔާ އަމިތު ތުރިވޭދީ ކިޔާދީފައިވާ ލަވައެކެވެ. ލަވައިގެ ލަވައިގެ ޅެން ހަދާފައި ވަނީ އަމީތާބް ބަޓަޗާރިއާ އެވެ. "ނަމޯ ނަމޯ" ގައި ހިތްގައިމު މަންޒަރުތައް ފެނިގެންދެއެވެ. ލަވައިން ސުޝާންތު ފެނުނު ނަމަވެސް ބަތަލާ ސާރާ އެއް ނުފެނެއެވެ.

އަބީޝޭކް ކަޕޫރު ޑައިރެކްޓްކޮށް އުފައްދާފައިވާ އެ ފިލްމު ރިލީޒްކުރާނީ އަންނަ މަހުގެ ހަތް ވަނަ ދުވަހުގައެވެ. މި ފިލްމުގައި ދައްކަނީ އިންޑިއާގެ ހިސާބެއްގައި ހިނގާ ފެންބޮޑުވުމުގެ ހާދިސާއެކެވެ.

ސާރާ މި ފިލްމުގައި ކުޅެނީ ވަރަށް މުއްސަނދި ފަތުރުވެރިއެއްގެ ރޯލެވެ. އަދި ފިލްމުގައި ސުޝާންތް ކުޅެނީ ދަތުރުވެރިންގެ ފޮށިތަންމަތި އުފުލައިދޭ މީހެއްގެ ރޯލެވެ.

އެކްތާ ކަޕޫރުގެ ވާހަކައެއްގެ މައްޗަށް އުފައްދާފައިވާ އެ ފިލްމަކީ ސާރާ ބޮލީވުޑަށް ތައާރަފުވާ ފިލްމެވެ.

comment ކޮމެންޓް