ގއ. ވިލިނގިލީގައި ފުލުހެއްގެ ސައިކަލެއްގައި ރޯކޮށްލައިފި

ރޭ ގއ.ވިލިނގިލީ ގައި ރޯކޮށްލި ފުލުސް މީހާގެ ސައިކަލު -- ސަން ފޮޓޯ

ގއ. ވިލިނގިލީގައި މަސައްކަތް ކުރަމުންދާ ފުލުހެއްގެ ސައިކަލުގައި ރޭ ބަޔަކު ރޯކޮށްލައިފިއެވެ.

"ސަން"އަށް އެނގިފައިވާ ގޮތުގައި މި ހާދިސާ ހިނގާފައިވަނީ ރޭ ދަންވަރު 2:30 އާ 3:00 އާ ދެމެދުގެ ވަގުތެއްގައި، އެ ފުލުސް މީހާ ދިރިއުޅޭ ގޭތެރޭގައެވެ. މި ހާދިސާގައި އެއްވެސް މިހަކަށް ގެއްލުމެއް ލިބިފައި ނުވެއެވެ،

އެ ރަށުން ވާހަކަ ދެއްކި މީހަކު ބުނީ މި ހާދިސާ ހިނގުމުގެ ކުރިން އެ ފުލުސް މީހާއަށް އެތައް އިންޒާރެއް ލިބުނު ކަމަށެވެ.

ފުލުހުން ބުނީ ރޭ 3:07 ހާއިރު ގއ. ވިލިނގިލީގައި މަސައްކަތްކުރާ ފުލުހެއްގެ ސައިކަލު ރޯކޮށްލާފައިވާކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.

މި ހާދިސާގައި އެ ގޭތެރޭ ހުރި ދޮންނަ މެޝިން އަދި އެސީ އަށް ވަނީ ގެއްލުން ލިބިފަ -- ފޯޓޯ ފުލުހުން

މި ހާދިސާގައި ސައިކަލު ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދާފައެވެ. އަދި ސައިކަލު ރޯކޮށްލުމުގެ ސަބަބުން އެގޭގެ ދޮރަށާއި ދޮންނަ މެޝިން އަދި އޭސީ އައުޓްޑޯ ޔުނިޓަށް ވަނީ ގެއްލުންވެފައެވެ.

މިހާރު ފުލުހުންގެ ފޮރެންސިކް ޓީމުން ދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންނެވެ.

comment ކޮމެންޓް