ބަންސާލީގެ ކުރިޔަށް އޮތް ފިލްމުން ސަލްމާނާއި ޝާހް އެކުގައި!

ސަލްމާން އާއި ޝާހް...

މޮޅު ފިލްމު ތަކެއް ބެލުންތެރިންނާ ހަމަޔަށް ގެނެސްދީފައިވާ ޑައިރެކްޓަރު ސަންޖޭ ލީލާ ބަންސާލީގެ ކުރިޔަށް އޮތް ފިލްމުން ސަލްމާން ޚާނާއި ޝާހްރުކް ޚާން އެކުގައި ފެންނާނެ ކަމަށް ރިޕޯޓް ތަކުން ބުނެފިއެވެ.

ބަންސާލީގެ ކުރިޔަށް އޮތް ފިލްމުގެ ނަން ހާމަކޮށްފައި ނުވާއިރު އެ ފިލްމު ވާނީ މި އަހަރު ކުރީކޮޅު ރިލީޒްކުރި "ޕަދްމާވަތު"ގެ ފަހުން އޭނާ ޑައިރެކްޓްކުރާ ފުރަތަަމަ ފިލްމަށެވެ.

ކުރިން އަޑުތައް ފެތުރިފައި އޮތީ ބަންސާލީގެ ކުރިޔަށް އޮތް ފިލްމަކީ "އިންޝާﷲ" ކަމަށެވެ. ނަމަވެސް މިހާރު މީޑިއާ ތަކުން ބުނަނީ އޭނާގެ ކުރިޔަށް އޮތް ފިލްމަކީ މީގެ އަހަރުތަކެއް ކުރިން މަސައްކަތް ފަށަން ނިންމާފައިވާ "ހީރާ މަންދީ" ކިޔާ ފިލްމެއް ކަމަށެވެ. ފިލްމުގެ ނަމާ ބެހޭގޮތުން ބަންސާލީ ވާހަކަ ދައްކާފައި ނުވާއިރު އެ ފިލްމުގެ މާގިނަ ތަފްސީލް ތަކެއް ވެސް އަދި ހާމައެއް ނުކުރެއެވެ.

ޑައިރެކްޓަރު ބަންސާލީ....

ސަލްމާން އާއި ޝާހް އެކުގައި ފެންނަ ފިލްމުގެ މަސައްކަތް އަންނަ އަހަރުގެ މެދުތެރޭގައި ފެށުމަށް ވަނީ ހަމަޖެހިފައެވެ. އަދި އެ ފިލްމުގެ ސްކްރިޕްޓްގެ މަސައްކަތް ބަންސާލީ ކުރަމުން އަންނަ ކަމަށް ވެސް ހަބަރުތައް ބުނެއެވެ.

މީގެ ކުރިން، ބަންސާލީގެ ތިން ފިލްމެއްގައި ސަލްމާން މަސައްކަތް ކޮށްފައިވާއިރު ބަންސާލީ އާއެކު ޝާހް މަސައްކަތް ކޮށްފައިވަނީ އެންމެ ފިލްމެއްގައެވެ.

ސަލްމާން އާއި ޝާހް މީގެ ކުރިން އެކުގައި ބޮޑު ސްކްރީނުން ވަނީ ފެނިފައެވެ. އެ ދެތަރިން އެކުގައި ފެނުނު ފިލްމު ތަކުގެ ތެރޭގައި، ކުޗް ކުޗް ހޯތާ ހޭ" އަދި "ހަމް ތުމާރޭ ހޭ ސަނަމް" ފަދަ މޮޅެތި ފިލްމުތައް ހިމެނެއެވެ.

comment ކޮމެންޓް