ސާފުތާހިރުކަން ކުޑަވެ ސީގަލް ބައްދުކޮށްފި

ސީގަލް ކެފޭ

ސާފުތާހިރުކަން ކުޑަވެ ސީގަލް ކެފޭ ބަންދުކޮށްފިއެވެ.

ފަރީދީމަގުގައި ހިންގާ ސީގަލް ކެފޭ ބަންދުކޮށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ އިން ވަނީ މިއަދު އެ ކެފޭ ދޮރުގައި ނޯޓިސް ތަތްކޮށްފައެވެ.

ސީގަލް ކެފޭގައި ނޯޓިސް ހަރުކޮށްފައި -- ސަން ފޮޓޯ

ޒުވާނުންގެ މެދުގައި މަގުބޫލު ސީގަލް ކެފޭގެ ދޮރުގައި ތަތްކޮށްފައިވާ ނޯޓިސްގައި ބުނެފައިވަނީ ކާބޯތަކެތީގެ ޒަރީއްޔާއިން ކުރިމަތިވެދާނެ ނުރައްކަލަކުން ހިދުމަތްލިބިގަންނަ ފަރާތްތައް ރައްކާތެރިކުރުމަށް އަމަލުކުރަމުންދާ "ކާބޯތަކެތީގެ ހިދުމަތް ދިނުމުގައި ހުންނަންޖެހޭ ސާފުތާހިރުކަމުގެ މިންގަނޑުތައް ބަޔާންކުރާ ގަވައިދު" އާ ހިލާފުވުމުން ސީގަލް ކެފޭ ބަންދުކޮށްފައިވާކަމަށެވެ.

ނޯޓިސް ހަރުކޮށްފައިވާ މުއްދަތުގައި ސީގަލް ކެފޭ ތެރޭ ކާބޯތަކެތީގެ ހިދުމަތް ދިނުމަކީ މަނާކަމެއްކަމަށްވެސް އެ ނޯޓިސްގައި ވެއެވެ.

ސީގަލް ކެފޭ އަކީ 1994 ވަނަ އަހަރުން ފެށިގެން ހިންގަމުންދާ ކެފޭ އެކެވެ.

comment ކޮމެންޓް