ދިޕިކާގެ މަންގަލްސުތުރާގެ އަގު 20 ލައްކައަށް!

ދިޕިކާ އާއި ރަންވީރް...

މި މަހުގެ 14 އަދި 15 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ބޮލީވުޑްގެ މަޝްހޫރު ދެ ތަރިން ކަމަށްވާ ދިޕިކާ ޕަޑްކޯން އާއި ރަންވީރް ސިންގް ގެ ކައިވެނީގައި ދިޕިކާ ބޭނުން ކުރާ މަންގަލްސުތުރާގެ އަގު 20 ލައްކައަށް އަރާ ކަމަށް ރިޕޯޓް ތަކުން ބުނެފިއެވެ.

އެ އަގުބޮޑު މަންގަލްސުތުރާގެ އިތުރުން ދިޕިކާ ވަނީ ރަންވީރުއަށް އަގުބޮޑު ޗެއިނެއް ވެސް ގަނެދީފައެވެ.

މަންގަލްސުތުރާ އަކީ ހިންދޫ އަންހެނުން ކައިވެނި ކުރުމަށްފަހު، ކައިވެނީގެ ހަނދާނެއްގެ ގޮތުން އަންހެން މީހާގެ ކަރުގައި އަޅާ ފަށެކެވެ.

މީގެ ދުވަސްކޮޅެއް ކުރިން ދިޕިކާ ވަނީ އެދެމީހުންގެ ކައިވެނީގެ ކާޑު ޓްވިޓާ މެދުވެރިކޮށް ހިއްސާ ކޮށްފައެވެ.

ރަންވީރާއި ދިޕިކާގެ ކައިވެންޏަށް ފިލްމީ ބައެއް ތަރިންނާ ދެ ފަރާތުގެ އާއިލާގެ އިތުރުން ރަހުމަތްތެރިންނަށް ދައުވަތު ދިނުމަށް ވަނީ ހަމަޖެހިފައެވެ. އަދި މިހާރު އެ ދެތަރިން އަންނަނީ ކައިވެންޏަށް ވަރަށް ރަނގަޅަށް ތައްޔާރުވަމުންނެވެ.

comment ކޮމެންޓް