ހަކަތައިގެ ދާއިރާ އާ ބެހޭ ތަފާސްހިސާބު ހިމެނޭ ފޮތެއް ނެރެފި

އައިލެންޑް އިލެކްޓްރިސިޓީ ޑޭޓާ ބުކް އިފްތިތާހްކޮށްދެއްވަނީ--- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރާއްޖޭގެ ހަކަތައިގެ ދާއިރާ އާ ބެހޭ ތަފާސްހިސާބު ހިމެނޭ ފޮތް "އައިލޭންޑް އިލެކްޓްރިސިޓީ ޑޭޓާ ބުކް 2018" މިއަދު ނެރެފި އެވެ.

އެންވަޔަރަމަންޓް މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެ ފޮތް ނެރެދެއްވީ އެންވަޔަރަމަންޓް މިނިސްޓަރު ތާރިގް އިބްރާހީމެވެ.

ފޮތް ނެރެދެއްވުމަށް ފަހު ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ތާރިގު ވިދާޅުވީ މި ފޮތަކީ 2013 ވަނަ އަހަރުން ފެށިގެން އިފްތިތާހްކުރަމުން އަންނަ ފޮތެއް ކަމަށާއި މި ފޮތުން ހަކަތައިގެ ދާއިރާ ކުރިއަރަމުން އަންނަ މިންވަރު ފެނިގެންދާނެ ކަމަށެވެ.

ރަސްމިއްޔާތުގައި މިނިސްޓަރު ތާރިގު ވާހަކަފުޅު ދައްކަވަނީ--- ސަން ފޮޓޯ/ ފަޔާޒު މޫސާ

"މި ފޮތަކީ މުހިއްމު ފޮތެއް. ގިނަ މައުލޫމާތު އެކުލެވިގެންވާނެ. އަދި 23 ރިސޯޓެއްގެ މައުލޫމާތު ވެސް މިފޮތުގައި ހިމެނިފައިވާނެ. އިޔާދަކުރަނިވި ހަކަތައިގެ ދާއިރާއިން ހޯދިފައިވާ ކުރިއެރުންތައް އެނގިގެންދާނެ،"

ތާރިގު ވިދާޅުވީ ރައީސް ޔާމީންގެ ސަރުކާރުން އަންނަނީ ކަރަންޓުގެ ހަރަދު ކުޑަކުރުމުގެ މަސައްކަތް ކުރަމުން ކަމަށެވެ. ސަރުކާރުގެ ސިޔާސަތުގެ ދަށުން ހަކަތައިގެ ދާއިރާ ކުރިއެރުވުމަށް 100 މެގަވޮޓް އިތުރުކުރެވިފައިވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

އައިލެންޑް އިލެކްޓްރިސިޓީ ޑޭޓާ ބުކް އިފްތިތާހްކޮށްދެއްވަނީ--- ސަން ފޮޓޯ/ ފަޔާޒު މޫސާ

ވޭތުވެ ދިޔަ އަހަރުތަކުގެ ތެރޭގައި އިރުގެ އަލިން ހަކަތަ އުފައްދާ މިންވަރު ވަނީ 11 މެގަވޮޓްއަށް އިތުރު ކުރެވިފައިވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

comment ކޮމެންޓް