ޑައިރެކްޓަރު ފަރަހު ރާއްޖޭގައި ޗުއްޓީ ހޭދަކުރުމަށްފަހު އެނބުރި ގައުމަށް

ޑައިރެކްޓަރު ފަރަހު ޚާން---

ރާއްޖެ އައިސް ކުރު ޗުއްޓީއެއް ހޭދަކުރުމަށްފަހު، ބޮލީވުޑްގެ ކާމިޔާބު ޑައިރެކްޓަރު ފަރަހު ޚާން ފުރައިފިއެވެ.

ފަރަހު އާއި އޭނާގެ އާއިލާ ޗުއްޓީ ހޭދަކޮށްފައިވަނީ ދ އަތޮޅުގެ ރިސޯޓެއް ކަމަށްވާ ކަޑިންމާ މޯލްޑިވްސްގައެވެ.

View this post on Instagram

Grateful children are the best!! ♥️@kandima_maldives @whereis_k #czar #diva #anya pic credit:@shirishkunder

A post shared by Farah Khan Kunder (@farahkhankunder) on

އޭނާ ރާއްޖޭގައި ޗުއްޓީ ހޭދަކުރި ފޮޓޯތައް ވަނީ އިންސްޓަގްރާމް އެކައުންޓްގައި ހިއްސާކޮށްފައެވެ.

ފަރަހު އޭނާ އިންސްޓަގްރާމްގައި ބުނީ ރާއްޖެ އަކީ ހިތްގައިމު މަންޒިލެއް ކަމަށާއި ރާއްޖޭގެ މާހައުލު ވަރަށް ކަމުދާ ކަމަށެވެ.

ފަރަހު ވަނީ ގިނަ އަދަދެއްގެ ތަރިން ބޮލީވުޑަށް ތައާރަފްކޮށްފައެވެ. އޭނާގެ ފާހަގަކޮށްލެވޭ ފިލްމުތައް ތެރޭގައި "އޯމް ޝާންތި އޯމް" އަދި "ހެޕީ ނިއު އިޔާ" ފާހަގަކޮށްލެވެއެވެ.

comment ކޮމެންޓް