"ހޭންޑްމޭޑް ބައި އީމް ނިޒާމް"ގެ އިތުރު ދެ ޕްރޮޑަކްޓެއް ތައާރަފްކޮށްފި

އީމް ނިޒާމް އިންތިޒާމްކޮށްގެން ބޭއްވި "ހީނާ އާޓް މާސްޓާކްލާސް" ގެ ތެރެއިން... ސަން ފޮޓޯ/ އަހްމަދު އަވްޝަން އިލްޔާސް

ލަވަކިޔުންތެރިޔާ އަދި އުންމީދީ މޮޑެލް އީމް ނިޒާމްގެ އަމިއްލަ ބްރޭންޑް "ހޭންޑްމޭޑް ބައި އީމް ނިޒާމް"ގެ އިތުރު ދެ ޕްރޮޑަކްޓެއް ކަމަށްވާ "ލެމަންގްރާސް ސޯޕް" އާއި "ބޯއީ ބާއި ލިޕް ސްކްރަބް" ތައާރަފް ކޮށްފިއެވެ.

އެ ދެ ޕްރޮޑަކްޓް ތައާރަފް ކޮށްފައި ވަނީ އީމް އިންތިޒާމްކޮށްގެން މާބުލް ހޮޓެލްގައި ބޭއްވި "ހީނާ އާޓް މާސްޓާކްލާސް" ތަކުގެ ތެރެއިންނެވެ.

އީމް ނިޒާމް އިންތިޒާމްކޮށްގެން ބޭއްވި "ހީނާ އާޓް މާސްޓާކްލާސް" ގެ ތެރެއިން... ސަން ފޮޓޯ/ އަހްމަދު އަވްޝަން އިލްޔާސް

އަލަށް ތައާރަފްކޮށްފައިވާ އެ ދެ ޕްރޮޑަކްޓްގެ ތެރެއިން "ބޯއީ ބާއި ލިޕް ސްކްރަބް" އަކީ ޒައިސް އާޓް އެތިކްސް އާ އީމް ގުޅިގެން ތައާރަފް ކޮށްފައިވާ ޕްރޮޑަކްޓެކެވެ.

މިއަދު ތައާރަފް މި ކުރި ސައިބޯނީގެ އިތުރުން ލިޕް ސްކްރަބް އީމްގެ ޕްރޮޑަކްޓަތައް އަބަދުވެސް ލިބެން ހުންނަ ރިސޯޓް ތަކުން ލިބެން ހުންނާނެއެވެ. އީމްގެ އެ ޕްރޮޑަކްޓްތަކަކީ ރާއްޖޭން ބޭރުން ތައްޔާރުކޮށްގެން ގެންނަ ކޮލިޓީ ރަނގަޅު ޕްރޮޑަކްޓްތަކެއް ކަން ފާހަގަކޮށްލެވެއެވެ.

އީމް ނިޒާމް އިންތިޒާމްކޮށްގެން ބޭއްވި "ހީނާ އާޓް މާސްޓާކްލާސް" ގެ ތެރެއިން... ސަން ފޮޓޯ/ އަހްމަދު އަވްޝަން އިލްޔާސް

އީމް ވަނީ މިއަހަރު ދުބާއީ ގައި ވެސް އޭނާގެ ދެ ޕްރޮޑަކްޓެއް ތައާރަފްކޮށްފައެވެ. އެއީ "ހޭންޑްމޭޑް ބައި އީމް ނިޒާމް"ގެ މޭކްއަޕް ވައިޕްސްއާއި ބީޗްވެއާ ކަލެކްޝަން އެވެ.

އޭގެ ތެރެއިން ވެސް މޭކަޕް ވައިޕްސްއަކީ މިހާރުވެސް ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރީންގެ މެދުގައި ވަރަށް ބޮޑު މަގުބޫލުކަމެއް ލިބިފައިވާ ޕްރޮޑަކްޓެއް ކަން ފާހަގަކޮށްލެވެއެވެ.

comment ކޮމެންޓް