"ޒީރޯ"ގެ ޓްރެއިލާ އަށް ބޮޑު ތަރުހީބެއް!

"ޒީރޯ"ގެ ލީޑު ރޯލުން ފެނިގެންދާނެ ތިން ތަރިން....

މަޝްހޫރު ފިލްމީ ތަރި ޝާހްރުކް ހާން ލީޑު ރޯލު ކުޅެފައިވާ ފިލްމު "ޒީރޯ"ގެ ޓްރެއިލާ މިވަނީ އިއްޔެ ރިލީޒްކޮށްފަ އެވެ. ޓްރެއިލާ ރިލީޒްކުރިތާ 24 ގަޑި އިރު ތެރޭ ޓްރެއިލާ އަށް މިވަނީ ބޮޑު ތަރުހީބެއް ލިބިފަ އެވެ.

އެގޮތުން އިއްޔެ ޓްރެއިލާ ޔޫޓިއުބްގައި އާންމު ކުރިފަހުން މިހާރު 25230188 ވިއުސް ވަނީ އެ ޓްރެއިލާ އަށް ލިބިފައެ ވެ. ތިން މިނެޓާއި ސާދަ ސުކުންތުގެ ޓްރެއިލާ ވަރަށް ޝައުގުވެރި އެވެ.

ޓްރެއިލާގައި ފިލްމުގެ ލީޑު ތިން ތަރިންގެ އެކްޓިން ފެނިގެންދެ އެވެ. ޝާހް ކުރު މީހެއްގެ ރޯލުން ފެންނަ އިރު ބަތަލާ އަނުޝްކާ ޝަރްމާ ފެންނަނީ ވީލްޗެއާއެއްގައި އިނދެ އުނދަގޫތަކަށް ވެސް ކެތް ކުރަމުން އަންނަ ސައިންޓިސްޓެއްގެ ރޯލުންނެވެ. އަދި ކެޓްރީނާ ކައިފް ފެނިގެންދަނީ މަޝްހޫރު ފިލްމީ ތަރި އެއްގެ ގޮތުގަ އެވެ.

"ޒީރޯ" ގެ ޓްރެއިލާ....

ޝާހްގެ އުފަންދުވަހާ ދިމާކޮށް އިއްޔެ ޓްރެއިލާ ރިލީޒް ކުރުނަ ވަނީ ބޮޑު ހަފްލާ އެއްވެސް ބާއްވައިފަ އެވެ.

ފިލްމު ރިލީޒް ކުރުމަށް ހަމަޖެހިފައިވަނީ އަންނަ ޑިސެމްބަރު މަހުގެ 21 ވަނަ ދުވަހު އެވެ. އެ ފިލްމަށް ގިނަ ބަޔަކު މިހާރު ވެސް ދަނީ އިންތިޒާރު ކުރަމުންނެވެ.

comment ކޮމެންޓް