ފުވައްމުލަކުން ވަޅި ހެރި ކުއްޖާ މާލެ ގެނެސްފި

ފުވައްމުލަކުން ރޭ ވަޅި ޖެހި 17 އަހަރުގެ އަހްމަދު އިނާން، އެނާ ވަނީ މިހާރު މާލެ ގެނެސްފަ -- ސަން ފޮޓޯ

ޏ. ފުވައްމުލަކުގައި ރޭ ވަޅިން ހަމަލާދީ ޒަޚަމްކޮށްލި ކުއްޖާ އިތުރު ފަރުވާއަށް މާލެ ގެނެސްފިއެވެ.

ރޭ 8:50 އެހައިކަންހާއިރު، ފުވައްމުލަކު އަލްޓްރާގޭގެ ކޮޓަރިއެއްގެ ތެރޭގައި ވަޅިހަރައި ޒަޚަމްކޮށްލާފައި ވަނީ އެގޭ އުމުރުން 17 އަހަރުގެ އަހްމަދު އިނާން އިބްރާހިމްގެ ގަޔަށެވެ.

އިނާނަށް ހަމަލާދިނީ ނިދާ ކޮޓަރީގައި ލެޕްޓޮޕް ކައިރީ އޮއްވައި ކަމަށް އަނާންގެ ބައްޕަ ބުންޏެވެ.

މިމައްސަލައާ ގުޅިގެން 15 އަހަރުގެ ކުޑަ ކުއްޖަކު ފުލުހުން ވަނީ ރޭ ހައްޔަރު ކޮށްފައެވެ. އަދި 21 އަހަރުގެ ފިރިހެނަކުވެސް ވަނީ ހަމަ މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައެވެ.

comment ކޮމެންޓް