ސެލީނާ އަށް ވުރެ މިހާރު އިންސްޓަގްރާމްގައި ފޮލޯވަރުން ގިނައީ ރޮނާލްޑޯ!

ސެލީނާ އާއި ރޮނާލްޑޯ...

މީގެ ދެ އަހަރު ކުރިން އިންސްޓާގްރާމްގައި އެންމެ ގިނަ މީހުން ފޮލޯކުރާ މީހުންގެ ލަގަބު ލިބިފައިވަނީ މަޝްހޫރު ލަވަ ކިޔުންތެރިޔާ ސެލީނާ ގޮމޭޒް އަށެވެ. ނަމަވެސް އެ ލަގަބު މިހާރު ކަށަވަރުވެފައި މިވަނީ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ ޕޯޗުގަލްގެ ފޯވަޑް ކްރިސްޓިއާނޯ ރޮނާލްޑޯ އަށެވެ.

އުމުރުން 26 އަހަރުގެ ސެލީނާ ވަނީ އިންސްޓާގެ އެންމެ ފޮލޯވާސް ގިނަ މީހުންގެ ލަގަބު ޖެހިޖެހިގެން ދެ އަހަރު ދުވަހު ހިފާއްޓާލާފައެވެ.

މިހާާރު ރޮނާލްޑޯ ފޮލޯ ކުރާ މީހުންގެ އަދަދު 144،589،618 އަށް މަތިވެފައި ވާއިރު ސެލީނާ ފޮލޯ ކުރާ މީހުންގެ އަދަދު އުޅެނީ 144،408،157 ގައެވެ.

ސެލީނާ އިންސްޓާގައި އެންމެ ފަހުން ކުރި ޕޯސްޓުގައި އޭނާ ސޯޝަލް މީޑިއާ އަށް ދުރަށްޖެހިލަން އުޅޭ ކަމަށް ވަނީ ބުނެފައެވެ. އެ ޕޯސްޓަށް ވެސް 8 މިލިއަން ލައިކްސް ލިބިފައިވާ ކަން ފާހަގަކޮށްލެވެއެވެ. ސެލީނާގެ ކޮންމެ ޕޯސްޓަކަށް ވެސް މިލިއަނުން ލައިކްސް ލިބެއެވެ.

ރޮނާލްޑޯގެ ސޯޝަަަަލް މީޑިއާގެ އެކައުންޓުތަކުގައި މިލިއަނުން ފޮލޯވަރުން ތިބެއެބެ. އެއާއެކު މިހާރު ރޮނާލްޑޯ އަކީ އިންސްޓާގެ "ކިންގް" އޭ ބުނެވިދާާނެއެވެ. އޭނާ އިންސްޓާގައި އެންމެ ގިނައިން ޕޯސްޓު ކުރާނީ ފުޓްބޯޅައިގެ އިތުރުން އާއިލާގެ ބައެއް ފޮޓޯ ތަކެވެ.

comment ކޮމެންޓް