އަންހެނުންނަށް ކުރާ އަނިޔާ ރާއްޖޭގައި ގިނަ: މިނިސްޓަރު ޒެނީޝާ

ސެމިނާ ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު ޒެނީޝާ ވާހަކަފުޅު ދައްކަވަނީ--- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރާއްޖެ އަކީ އަންހެނުންނަށް ތަފާތު ވައްތަރުގެ އަނިޔާތައް ކުރުން ގިނަ ގައުމެއް ކަމަށް ޖެންޑާ މިނިސްޓަރު އާމިނަތު ޒެނީޝާ ޝަހީދު ޒަކީ ވިދާޅުވެއްޖެއެވެ.

ރާއްޖޭގައި ދިރިއުޅޭ ފިލިޕީންސްގެ މަސައްކަތްތެރިންނަށް ހާއްސަ ކޮށްގެން، ވަޒީފާ އާއި މަސައްކަތް ކުރާ މާހައުލުގައި ދިމާވާ ތަފާތު މައްސަލަތަކާ ގުޅޭގޮތުން މައުލޫމާތު ދިނުމަށްޓަކައި ބޭއްވި ހަފްލާގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ވިދާޅުވީ ކޮންމެ ތިން އަންހެނަކުން އެއް އަންހެނަކީ ހަޔާތުގެ ކޮންމެވެސް ހިސާބެއްގައި ގެވެށި އަނިޔާ ނުވަތަ ޖިންސީ ގޯނާ ތަހައްމަލްކޮށްފައިވާ މީހެއް ކަމަށެވެ.

ސެމިނާގައި ބައިވެރިވި ބައެއް ފިލިޕީންސްގެ ރައްޔިތުން--- ސަން ފޮޓޯ/ ފަޔާޒު މޫސާ

"ރާއްޖޭގައި މަސައްކަތްކުރާ ބޭރުގެ މުވައްޒަފުންނަށް ވެސް މިފަދަ ކަންތައްތަކާ މަދުން ނަމަވެސް ކުރިމަތިލާންޖެހޭ. ވަޒީފާގެ ބޭނުމުގައި އަންހެނުން އެކި ގައުމުތަކަށް ދިއުމުން މާލީ ގޮތުން މިނިވަންކަން ލިބޭ. ނަމަވެސް އެ މީހުންނަށް މިފަދަ ދަތިތަކާ ކުރިމަތިލާންޖެހޭ،"

ޖެންޑާ މިނިސްޓްރީ އާއި ފިލިޕީންސްގެ އެމްބަސީ އާ ގުޅިގެން ބާއްވާ މިސެމިނާ އަކީ މަސައްކަތުގެ މާހައުލުގައި ދިމާވާ އަނިޔާގެ މައްސަލަތަކާ ގުޅޭގޮތުން އެ މީހުން ހޭލުންތެރިކުރުވުމަށް ބާއްވާ ސެމިނާއެކެވެ.

ސެމިނާގައި ފިލިޕީންސްގެ އެމްބަސީ އިން ވަނީ މިނިސްޓަރު ޒެނީޝާ އަށް ހަނދާނީ ފިލާ އަރުވަނީ--- ސަން ފޮޓޯ/ ފަޔާޒު މޫސާ

ފިލިޕިންސްގެ 4،000 މީހުން ރާއްޖޭގެ އެކި ދާއިރާތަކުގައި މަސައްކަތް ކުރަމުން ދެއެވެ. މި ސެމިނާގައި ފިލިޕީންސްގެ އެމްބަސީ އިން ވަނީ މިނިސްޓަރު ޒެނީޝާ އަށް ހަނދާނީ ފިލައެއް އަރުވާފައެވެ.

comment ކޮމެންޓް