ބީއެމްއެލްގެ ސީއީއޯ އިނގިރޭސި ވިލާތުގެ ކުންފުންޏަކަށް!

ބޭންކް އޮފް މޯލްޑިވްސް 2017ވަނަ އަހަރުގެ އަހަރީ ޖަލ؛ްސާގައި އެމްޑީ އަދި ސީއީއޯ އެންޑްރޫ ވާހަކަ ދައްކަވަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ބޭންކް އޮފް މޯލްޑިވްސްގެ ސީއީއޯގެ މަގާމުގައި ހުންނެވި އެންޑްރޫ ހީލީ އިނގިރޭސިވިލާތުގެ ފައިނޭންޝަލް ކުންފުންޏެއް ކަމަށްވާ ލީކް ޔުނައިޓެޑާ ގުޅިވައިޑައިގަންނަވަން ނިންމަވައިފިއެވެ.

ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި 2014 ވަނަ އަހަރުން ފެށިގެން ހުންނެވި ހީލީއާ ގުޅޭގޮތުން ލީކް ޔުނައިޓެޑްގެ ވެބްސައިޓުގައި ބުނެފައިވަނީ އެކުންފުނީގެ ސީއީއޯގެ މަގާމާ އޭނާ ހަވާލުވެވަޑައިގަތުމަށް ނިންމަވާފައިވާ ކަމަށެވެ.

ހީލީއަކީ 25 އަހަރަށް ވުރެ ގިނަ ދުވަހު ފައިނޭންޝަލް ދާއިރާގައި މަސައްކަތް ކުރައްވާފައިވާ ބޭފުޅެކެވެ. ޔޫރަޕާއި އޭޝިއާގެ ގިނަ ގައުމުތަކެއްގައި ބޭންކިންއާއި ފައިނޭންޝަލް ދާއިރާގައި މަސައްކަތް ކުރައްވާފައިވާ ހީލީގެ ލީޑާޝިޕްގެ ދަށުން ބޭންކް އޮފް މޯލްޑިވްސްއިން ވަނީ ގިނަ ކާމިޔާބީތަކެއް ހޯދައިފައެވެ.

ލީކް ޔުނައިޓެޑުގެ ވެބްސައިޓުގައި ބުނެފައިވަނީ އެ ކުންފުނީގެ ސީއީއޯގެ މަގާމުގައި ހުންނެވި ކެވިން ވިލްސަން މަގާމުން ދުރުވާނީ މިއަހަރުގެ ޑިސެމްބަރު މަހު ކަމަށެވެ. ހީލީއާ ކުންފުނި ހަވާލުކުރުމުގެ ކަންތައް ކުރިއަށް އޮތް ދުވަސްތަކުގައި ކުރިއަށްދާނެ ކަމަށްވެސް ބުނެފައިވެއެވެ.

އެންޑްރޫ ހީލީގެ ލީޑާޝިޕްގެ ދަށުން ލީކް ޔުނައިޓެޑަށް ކުރިއެރުން ލިބޭނެކަމަށްވެސް އެކުންފުނިން ވަނީ ބުނެފައެވެ.

comment ކޮމެންޓް