"ޔޭ ރިޝްތާ ކިޔާ ކެހެލާ ތާ ހޭ"ގެ ބަތަލާ ކްރިތީ އެންގޭޖްވެއްޖެ

ބަތަލާ މޮހެނާ އެންގޭޖްވެއްޖެ---

"ޔޭ ރިޝްތާ ކިޔާ ކެހެލާ ތާ ހޭ"ގެ ކްރިތީގެ ރޯލު ކުޅެމުން އަންނަ ތަރި މޮހެނާ ސިންގް މިދިޔަ ހަފުތާގެ ތެރޭގައި އޭނާގެ ލޯބިވެރިޔާއާ އެންގޭޖްވެއްޖެއެވެ.

މީޑިއާއަށް ވެސް ސިއްރުން މޮހެނާ އާއި އޭނާގެ ލޯބިވެރިޔާ އެންގޭޖްކޮށްފައިވަނީ އޭނާގެ އުފަން އަވަށް ރޭވާގައެވެ.

މޮހެނާ ކައިވެނި ކުރަން އުޅޭ މީހާގެ ނަމެއް އަދި އުމުރެއް އެއްވެސް މީޑިއާއަކަށް ހިއްސާކޮށްފައެއް ނުވެއެވެ.

މޮހެނާއަކީ އިންޑިއާގެ ޝާހީ އާއިލާ އަކަށް ނިސްބަތްވާ އަންހެން ކުއްޖެކެވެ. އޭނާ އެންމެ ފުރަތަމަ ކެމެރާގެ ކުރިމަތިން ފެނުނީ އިންޑިއާ އިން ބޭއްވި ނެށުމުގެ މުބާރާތެއްގައެވެ. އެ މުބާރާތް ވެގެންދިޔައީ ޝާހީ އާއިލާއެއްގެ އަންހެން ކުއްޖަކު އެފަދަ މުބާރާތެއްގައި ބައިވެރިވި ފުރަތަމަ ފަހަރަށް ވެސްމެއެވެ.

comment ކޮމެންޓް