ދިރާގު ޓީވީ މެދުވެރިކޮށް ސާފް ސުުޒުކީ ކަޕް ބެލޭނެ

ނޭޕާލްގައި 2013 ވަނަ އަހަރު ބޭއްވި ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެއާއި އަފްޣާނިސްތާން ބައްދަލުކުރި މެޗުގެ ތެރޭން. ދަސަރަތު ރަންގަސަލާ ސްޓޭޑިއަމްގައި ކުޅުނު އެ މެޗު ނިމުނީ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރުވެގެން -- ސަން ފޮޓޯ: އަހްމަދު މުޖްތަބާ

ދިރާގު ޓީވީ އަދި ދިރާގު ޓިީވީ އެޕް ބޭނުންކޮށް "ސާފް ސުޒުކީ ކަޕް 2018" ބަލޭނެ ކަމަށް އެ ކުންފުނިން ބުނެފި އެވެ.

ދިރާގުން ބުނީ ސާފް ސުޒުކީ ކަޕް 2018 ދައްކާނީ ދިރާގު ޓިވީގެ ޗެނަލް ނަންބަރު 106 (ޑީސްޕޯރޓްސް) އިން ކަމަށެވެ. އަދި ދިރާގު ޓީވީ އެޕްގައި ޔޫސާނޭމް އާއި ޕާސްވޯޑަށް "ޕްލޭ" ޖަހައިގެން މުބާރާތް ލައިވްކޮށް ބެލޭނެ ކަމަށް ދިރާގުން ވަނީ ބުނެފަ އެވެ.

ދިރާގުން ބުނީ އެކުންފިން މަސައްކަތް ކުރަމުން ދަނީ ދިރާގު ޓީވީއިން ހަބަރާއި މުނިފޫހިފިލުވުމުގެ ޕްރޮގްރާމުތައް އެންމެ ޒަމާނީ ޓެކްނޮލޮޖީ މެދުވެރިކޮށް ކަސްޓަމަރުންނާ ހަމަޔަށް ފަސޭހަ ކަމާ އަދި އެންމެ ހެޔޮ އަގުގައި ފޯރުކޮށްދިނުމަށް ކަމަށެވެ.

ސާފް ސުޒުކީ ކަޕުގައި މިއަދުގެ އެންމެ ފުރަތަމަ މެޗުގައި ބައްދަލުކުރަނީ ނޭޕާލް އަދި ޕަކިސްތާނެވެ. މި މެޗް ފެށޭނީ ރާއްޖެ ގަޑިން ހަވީރު 3:00 އެވެ. އަދި ބަންގްލަދޭޝްއާ ބޫޓާން ކުޅޭ މުބާރާތުގެ ދެވަނަ މެޗު އޮންނާނީ މިއަދު 18:00ގަ އެވެ. ރާއްޖޭގެ ގައުމީ ޓީމު ކުޅޭ އެންމެ ފުރަތަމަ މެޗް އޮތީ މި ހަފުތާގެ ހުކުރު ދުވަހު 18:00ގަ އެވެ.

ދިރާގު ޓީވީގެ އިންޓްރޯ ޕެކޭޖުގެ އަގަކީ މަހަކު އެންމެ 300 ރުފިޔާ އެވެ. އެ ޕެކްޖްގައި 60 އަށް ވުރެ ގިނަ ޗެނެލްތައް ބަލާލެވޭ އިރު އޭގެ ތެރޭގައި 4ކޭ ޗެނަލް ވެސް ހިމެނޭއެވެ. ދިރާގު ޓީވީ މެދުވެރިކޮށް 4ކޭ ކޮންޓެންޓް ބެލުމަށް ވަކީ ޚާއްސަ ޖޯއިބޮކްސްއެއް ބައްލަވާގަންނަވާކަށް ނުޖެހޭނެ ކަމަށް ދިރާގުން ބުނެ އެވެ.

ދިރާގު ޓީވީ އަކީ ރާއްޖޭގައި އެންމެ ފުޅާދާއިރާއެއްގައި ފޯރުކޮށްދޭ އައިޕީޓީވީގެ ހިދުމަތެވެ. މިހާރު ރާއްޖޭގެ 41 ރަށުގައި ދިރާގު ޓީވީ ހިދުމަތް ވަނީ ތައާރަފް ކޮށްފައިއެވެ.

comment ކޮމެންޓް