އިއާދަކުރަނިވި ހަކަތައިން ދަނޑުވެރިކަމުގައި ބޭނުންކުރާ އުފެއްދުމެއް ލިންކް ސާވް އިން ތޮއްޑޫ އަށް ހަދިޔާކޮށްފި

"ލިންކް އެގްރިކެއަރ" --- ފޮޓޯ: ލިންކް ސާވް

ދަނދުވެރިން ކުރާ ބުރަ މަސައްކަތަށް ލުޔެއް ހޯދައިދިނުމަށް ލިންކް ސާވް އިން އުފައްދާފައިވާ އަމިއްލަ އުފެއްދުމެއް އއ. ތޮއްޑޫ އަށް ހަދިޔާކޮށްފިއެވެ.

މި އުފެއްދުމަކީ މިއީ އިޔާދަކުރަނިވި ހަކަތަ ބޭނުންކޮށްގެން ކަރަންޓު އުފައްދާ ގޮތަށް ދަނޑުވެރިކަން ކުރާ ދަނޑުތަކުގައި ބޭނުންކުރާ އުފެއްދުމެކެވެ.

"ލިންކް އެގްރިކެއަރ" ގެ ނަން ދީފައިވާ މި ސިސްޓަމުން، އަލިން ހަކަތަ އުފެއްދުމަށްފަހު ކަރަންޓު ރައްކާ ކުރެއެވެ. އަދި މިގޮތަށް ފުރިހަމައަށް ޗާޖުވުމުން އެއްވެސް އިރުގެ އަލިކަމެއް ނުލިބުނު ނަމަވެސް ދެ ދުވަހު އެ ސިސްޓަމުން ދަނޑަށް ބޭނުންވާ ވަރަށް ކަރަންޓް އުފައްދައިދެއެވެ. މިގޮތުން ދަނޑުގައި ދުވާލު ތިން އިރު ދަނޑަށް ފެން ދޭން ޕަމްޕް އެ ސިސްޓަމުން ހިންގުމާއި، ފޯނު ޗާޖު ކުރުމާއި، ރޭގަނޑު ލައިޓް ދިއްލައިގެން މަސައްކަތް ކުރުމަށް ބޭނުންކުރެވޭނެ ކަމަށް ލިންކް ސާވް އިން ބުންޏެވެ.

ލިންކްސާރވްގެ މި އުފެއްދުން ވަނީ ޓެސްޓްކޮށް ދަނޑުތަކުގައި ބޭނުންކުރުމަށްޓަކައި ތޮއްޑޫގައި ދެދަނޑު ގެންގުޅޭ މީހެއް ކަމަށްވާ، އެރަށު އާބާދުގޭ ހުޝާމް އަހުމަދުއަށް ހަދިޔާކޮށްފައެވެ. ލިންކްސާވުން ބުނީ، އެ ސިސްޓަމާ އެކު، ދެ ފްލަޑް ލެޑް ލައިޓާއި، ފެން ޕަމްޕެއްވެސްހަދިޔާ ކޮށްފައިވާނެ ކަމަށެވެ.

މި އުފެއްދުމާ ގުޅޭގޮތުން ހުޝާމް ބުނީ މިހާރު މީގެެ ކުރިން އެއްވެސް ވަރަކަށް ކަރަންޓު ނުހުންނަ ދަނޑުތަކުގައި މަސައްކަތް ކުރުމަށް އެ އުފެއްދުމާއެކު ފަސޭހަވެގެންދާނެ ކަމަށެވެ.

comment ކޮމެންޓް