ދަނގެތީ ބަނދަރު ހުޅުވައިދެއްވައި ފެނުގެ ނިޒާމު އިފްތިތާހުކޮށްދެއްވައިފި

ރައީސް ޔާމީން ދަނގެތީ ބަނދަރު ހުޅުވައިދެއްވައި ފެނުގެ ނިޒާމު އިފްތިތާހުކޮށްދެއްވުްނ --- ފޮޓޯ: އެންްވަޔަރަމެންޓް މިނިސްޓްރީ

އދ. ދަނގެތީގައި ސަރުކާރުން ތަރައްގީކޮށްފައިވާ ބަނދަރާއި ފެނުގެ ނިޒާމު ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމު މިއަދު އިފްތިތާހުކޮށްދެއްވައިފިއެވެ.

އަރިއަތޮޅަށާއި ދ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގެ ފުރަތަމަ މަންޒިލެއްގެ ގޮތުން ރައީސް މިއަދު ދަނގެއްޗަށް ވަޑައިގެންނެވުމުން ދަނގެތިން ވަނީ އެމަނިކުފާނަށް ހޫނު މަރުހަބާއެއް ކިޔައިފައެވެ.

ދަނގެތީ ބަނދަރަކީ ސަރުކާރުން 51.7 މިލިއަން ރުފިޔާ ހަރަދުކޮށްގެން ކުރިއަށް ގެންގޮސްފައިވާ ޕްރޮޖެކްޓެކެވެ. 700 ފޫޓު ދިގު 300 ފޫޓު ފުޅާ މި ބަނދަރުގެ މަސައްކަތް ކޮށްފައިވަނީ އެމްޓީސީސީ އިންނެވެ. އެމްޓީސީސީ އާ ހަވާލުކޮށްގެން ކުރިއަށް ގެންގޮސްފައިވާ މި މަޝްރޫއުގެ ދަށުން 1070 ފޫޓުގެ ސަރަހައްދެއްގައި ޕޭވްމެންޓު ގާއިމްކޮށް ބަނދަރުގައި ވަނީ ލައިޓު ހަރުކޮށްފައެވެ.

ދަނގެތީ ފެނުގެ ނިޒާމަށް ބަލާއިރު އެންވަޔަރަމެންޓް މިނިސްޓްރީ އިން ލަކީ އެކްސްޕޯރޓް އާއި ޙަވާލުކޮށްގެން ކުރިއަސް ގެންދިޔަ މި މަޝްރޫޢަކީ ސަރުކާރުގެ ބަޖެޓުން ކުރިއަށް ގެންގޮސްފައިވާ މަޝްރޫއެކެވެ. 25.8 މިލިއަން ރުގިޔާ ހަރަދުކޮށްގެން ކުރިއަށް ގެންދިޔަ މި މަޝްރޫއާއެކު އެރަށުގެ 180 ގެއަށް ފެނުގެ ހިދުމަތް މިހާރު ދޭން ވަނީ ފަށައިފައެވެ.

މި މަޝްރޫޢުގެ ދަށުން ހަތް ކިލޯމީޓަރު ދިގު ފެންވިއުގައެއް ވަނީ ޤާއިމުކޮސްފައެވެ. އަދި 60 ޓަނުގެ ދެ ޑީސެލިނޭޝަން ޕްލާންޓު ވަނީ ބަހައްޓައިފައެވެ. ފެން ރައްކާކުރުމަށް 165 ޓަނުގެ ތާނގީއަކާއި 78 ކިއުބިކް މީޓަރ ޓަނުގެ ތާނގީއެއް ވެސް ދަނގެތީގައި ވަނީ ބަހައްޓައިފައެވެ.

comment ކޮމެންޓް