މިސްކިތްތަކުގެ އިމާމުން، ދައުލަތުގެ އެންގުންތަކަށް ބޯލަބަންޖެހޭ: ޑރ. ޒިޔާދު

އިސްލާމިކް މިނިސްޓަރު ޑރ. ޒިޔާދު ޖަލްސާއެއްގައި ވާހަކަފުޅުދައްކަވަނީ --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

މިސްކިތްތަކުގެ އިމާމުން، ދައުލަތުގެ އެންގުންތަކަށް ބޯލެނބުމަކީ ކޮންމެހެން ވެސް ކުރަންޖެހޭ ކަަމެއް ކަަމަށް އިސްލާމިކް މިނިސްޓަރު ޑރ. އަހުމަޒު ޒިޔާދު ބާގިރުު ވިދާޅުވެއްޖެއެވެ.

އިމާމުންނާއި ހާތިބުން ތަމްރީންކުރުމުގެ މަހާސިންތާ ހުޅުވައިދިނުމަށް މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތުގައި ޑރ. ޒިޔާދު ވިދާޅުވީ، ދުނިޔޭގައި 50 އަކަށް އިސްލާމީ ގައުމު އޮންނައިރު އެ ގައުމުތަކުގެ ގިނަ މިސްކިތްތަކަކީ އެ ގައުމުތަކުގެ ސަރުކާރުން ބަލަހައްޓަމުން ގެންދާ މިސްކިތްތަކެއް ކަމަށެވެ.

"ކޮންމެ ގައުމެއްގައި ވެސްް އުސޫލާ ހަމަތަކެއް އޮވޭ. އަޅުގަނޑުމެންގެ ރާއްޖޭގައި މިހާރު ހަމަޖެހިފައިވާ އުސޫލުން ރައީސް ޔާމީންގެ ވެރިކަމުގައި އެމަނިކުފާނު އިސްލާމް ދީނަށް ނަސްރު ދިނުމަށްޓަކައި އެންމެ ފުރަތަމަ ކުރެއްވި ކަމަކީ އޭރު ހެދިފައި އޮތް ގާނޫނަށް ބަދަލުގެނެވި މިސްކިތްތައް އަނބުރާ ސަރުކާރުގެ ބެލުމުގެ ދަށަށް ގެނައީ. މިއީ އޮންނަން ޖެހޭނެ ގޮތް،" ޑރ. ޒިޔާދު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ، މުނިސިޕަލް ކައުންސިލެއްގެ ދަށުގައި މިސްކިތްތައް އޮވެގެނެއް މިސްކިތްތަކުން ދޭން ޖެހޭ ފުރިހަމަ ރިސާލަތެއް އަދާ ނުކުރެވޭނެ ކަަމަށެވެ.

ޑރ. ޒިޔާދު ވިދާޅުވީ، މިސްކިތްތަކުގެ އިމާމުންނަށް ދައުލަތުން ކަނޑައަޅާ އުސޫލުތަކާއި، ދައުލަތުނެ ނެރޭ ޖެހޭ ހަމަތަކާއި ގަވާއިދު ތަކަށް ހުރުމަތްތެރިކޮށް ހިތުމަކީ ކޮންމެ އިމާމެއްގެ ޒިންމާއެއް ކަމަށެވެ. އެހެންކަމުން، ދައުލުތުގެ އެންގުންތަކަށް ބޯ ލެނބުމަކީ މިސްކިތްތަކުން ކޮންމެހެން ވެސް ކުރަންޖެހޭނެ ކަމެއް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ދެހާސް ސޯޅަ ވަނަ އަހަރު ތުރުކީ އަށް ގެންނަން އުޅުނު ބަޣާވާތަށް އިޝާރާތްކުރައްވައި ޑރ. ޒިޔާދު ވިދާޅުވީ އެ ބަޣާވާތް ނާކާމިޔާބުވުމުގެ އަސްލަކީ ވެސް މިސްކިތްތަކުގެ އިމާމުން ކަމަށެވެ.

"އެއީ އެތައް ހާސް އެތައް މިލިއަން މުސްލިމުން ދިރިއުޅެމުންގެންދާ ގައުމެއް. ސަރުކާރުގެ އުސޫލުތަކާ ހަމަތައް ދެމެހެއްޓުމަށްޓަކައި އޭރު ކަނޑައަޅާފައި ތިބިި ހުރިހާ އިމާމުން މަސައްކަތް ކުރެއްވި. އެހެންނަމަހީ މިއަދު ތުުރުކީ ނުފެންނާނެ. ތުރުކީ އަަނބުރާ އެ ޖާހިލުކަމަށް ރުޖޫއާވުމަކީ ގާތްކަމެއް،" ޑރ. ޒިޔާދު ވިދާޅުވި އެވެ.

comment ކޮމެންޓް