މާރިއާނޯ ޑިއާޒް އެނބުރި ރެއާލް މެޑްރިޑަށް

އުމުރުން 25 އަހަރުގެ ސްޓްރައިކަރު މާރިއާނޯ ޑިއާޒް--

މިދިޔަ ސީޒަނުގައި ފްރެންޗު ލީގުގައި ވިދާލި ޑޮމިނިކަން ރިޕަބްލިކްގެ ފޯވަޑް މާރިއާނޯ ޑިއާޒް ރެއާލް މެޑްރިޑަށް ބަދަލުވެއްޖެއެވެ.

އުމުރުން 25 އަހަރުގެ މާރިއާނޯއަކީ މީގެ ކުރިން ވެސް ރެއާލް މެޑްރިޑުގެ ކުޅުންތެރިއެކެވެ. މިދިޔަ ސީޒަން ފެށުމުގެ ކުރިން އަށް މިލިއަން ޔޫރޯއަށް ރެއާލް އިން އޭނާ ވިއްކާލީ ފްރާންސްގެ ލިޔޯން އަށެވެ.

ރެއާލް އިން މާރިއޯނޯގެ އަނބުރާ ގެނެސްފައި ވަނީ 33 ޕައުންޑުގެ އެއްބަސްވުމެއްގެ ދަށުންނެވެ. އެ އެއްބަސްވުމަކީ ފަސް އަހަރު ދުވަހުގެ އެއްބަސްވުމެކެވެ. ލިޔޯންގައި ދެއްކި މޮޅު ކުޅުމާއެކު ރެއާލް އިން އޭނާ އަނބުރާ ގެނެސްފައި މިވަނ،ީ އޭނާ ވިއްކާލުމަށް ހެދި ކޮންޓްރެކްޓުގައި ހިމެނޭ ބައިބެކް ކްލޯސް އެކްޓިވޭޓު ކޮށްގެންނެވެ.

ރިޕޯޓުތައް ބުނާ ގޮތުން ރެއާލްއިން މާރިއާނޯ އެ ކްލަބުގެ ދަނޑު ސެންޓިއާގޯ ބެރްނަބެއުގައި ރަސްމީކޮށް ދައްކާލާނީ ހުކުރު ދުވަހު އެވެ.

މިދިޔަ ސީޒަނުގައި މާރިއޯނޯ ދެއްކި ކުޅުމާއެކު އޭނާ ވަނީ ޔޫރަޕުގެ ބޮޑެތި ކްލަބުތަކުގެ ސަމާލުކަން ހޯދައިފައެވެ. އޭނާ ވަނީ ލިޔޯންއަށް 45 މެެޗުގައި 25 ގޯލު ޖަހާފައެވެ.

ރިޕޯޓުތައް ބުނާ ގޮތުން މާރިއާނޯގެ ބަދަލުގައި ލިޔޯން އިން ގެންނަން ހަމަޖެހިފައި ވަނީ ސްކޮޓިޝް ލީގުގެ ސެލްޓިކްއަށް ކުޅޭ މޫސާ ޑެމްބެލޭ އެވެ.

ރެއާލް މެޑްރިޑްގެ ލެޖެންޑް ކްރިސްޓިއާނޯ ރޮނާލްޑޯ އެ ކްލަބު ދޫކޮށް ދިޔަ ފަހުން އަދި އެ ކްލަބުން އެއްވެސް ނަން މަޝްހޫރު ކުޅުންތެރިއެއް ގަނެފައި ނުވެ އެވެ.

comment ކޮމެންޓް