"ޔޭހޭ މޮހައްބަތޭން" ދެއްކުން ހުއްޓާލަނީ!

"ޔޭހޭ މޮހައްބަތެއިން" ގެ ޕޯސްޓަރެއް...

ސްޓާ ޕްލަަސްއިން ދައްކަމުން އަންނަ މަގުބޫލު ޑްރާމާ ސިލްސިލާ "ޔޭހޭ މޮހައްބަތޭން" އަންނަ އޮކްޓޫބަރު މަހުން ފެށިގެން ދެއްކުން ހުއްޓާލަން އުޅޭ ކަމަށް ހަބަރުތައް ބުނެފިއެވެ.

ދިވެހިންގެ ތެރޭގައިވެސް މަގުބޫލުކަން ހޯދާފައިވާ ލޯބީގެ އެ ޑްރާމާ ސީރީޒް ހުއްޓާލަން ނިންމީ ޑްރާމާއަށް ބެލުންތެރިންގެ ތަރުހީބު ކުޑަވުމުން ކަމަށް ހަބަރުތައް ބުނެއެވެ.

ޑްރާމާ ދައްކަން ފަށާފައިވަނީ 2013 ވަނަ އަހަރުގެ ޑިސެމްބަރު މަހުގައެވެ. އެ ޑްރާމާގެ 1،542 އެޕިސޯޑް މިހާތަނަށް ވަނީ ބެލުންތެރިންނާ ހަމަޔަށް ގެނެސްދީފައެވެ.

އޮކްޓޫބަރު މަހު ހުއްޓާލަން ނިންމާފައިވާ "ޔޭހޭ މޮހައްބަތޭން"ގެ ލީޑު އިޝީތާގެ ރޯލުން ފެނިގެންދާ ވިދްޔަންކާ ޓްރިޕަތީއަށް ވަނީ އެހެން ޑްރާމާ އަކުން އެކްޓުކުރުމުގެ ފުރުސަތު ލިބިފައެވެ. އެއީ މަޝްހޫރު ޕްރޮޑިއުސަރު އެކްތާ ކަޕޫރު ހަދާ ލޯބީގެ ވެބް ސީރީޒަކުންނެވެ. ހަބަރުތައް ފެތުރިފައިވާ ގޮތުން ދިވްޔަންކާ އެ ވެބް ސީރީޒްގައި ފެންނާނީ ޝެފެއްގެ ރޯލުންނެވެ.

"ޔޭހޭ މޮހައްބަތޭން" ދެއްކުން ހުއްޓާލަން ނިންމިކަމުގައި ވިޔަސް އެ ޑްރާމާއިން ފެނިގެންދިޔަ ހުރިހާ ތަރިންނަށްވެސް ވަނީ ބެލުންތެރިންގެ ބޮޑު މަގުބޫލުކަމެއް ލިބިފައެވެ. ސްޓާ ޕްލަސްއިން ދައްކަމުން އަންނަ އެ ޑްރާމާ ނިންމާލަން އުޅޭކަމުގެ ހަބަރު ވާނީ ދިވެހިންގެ ތެރޭގައި އުޅޭ ޑްރާމާތައް ބަލާ މީހުންނަށް ހިތާމަވެރި ހަބަރަކަށެވެ.

comment ކޮމެންޓް