ތ. ގުުރައިދޫ ބިން ހިއްކުމުގެ މަަސައްކަތް ދެތިން ދުވަހުގެ ތެރޭ ނިމޭނެ: އެމްޓީސީސީ

މަހާޖައްރާފު---

ތ. ގުރައިދޫ ބިން ހިއްކުމުގެ މަސައްކަތް ކުރިއަށް އޮތް ދެތިން ދުވަހުގެ ތެރޭގައި ނިންމާލެވޭނެ ކަމަށް އެމަސައްކަތް ކުރަމުންދާ އެމްޓީސީސީ އިން ބުނެފި އެވެ.

"ސަން" އާ ވާހަކަ ދައްކަވަމުން އެމްޓީސީސީގެ ސީއީއޯ އިބްރާހިމް ޒިޔަތު ރޭ ވިދާޅުވީ ގުރައިދޫގެ ބިން ހިއްކުމުގެ މަސައްކަތުގައި ހޮޕާ ޑްރެޖަރެއް ބޭނުން ކުރަން ފަށާފައިވާ ކަމަށާއި މަސައްކަތް ހަލުވިކޮށް ކުރިއަށް އޮތް ދެތިން ދުވަހުގެ ތެރޭ ނިންމާލެވޭނެ ކަމަށެވެ. މީގެ ކުރިން އެ ރަށުގެ ބިން ހިއްކުމުގެ މަސައްކަތް ކުރީ ކަޓާ ސަކްޝަން ޑްރެޖަރު ބޭނުންކޮށްގެންނެވެ.

ގުރައިދޫ ބިން ހިއްކުމުގެ މަޝްރޫއުގެ ދަށުން 47 ހެކްޓަރުގެ ބިން ހިއްކާނެ އެވެ. ޕްރޮޖެކްޓުގެ އަގަކީ 126.06 މިލިއަން ރުފިޔާ އެވެ.

ޒިޔަތު ވިދާޅުވީ ކ. ހުރާގެ ބިން ހިއްކުމުގެ މަސައްކަތް ފެށުމަށް މޮބިލައިޒޭޝަންގެ މަސައްކަތް ވެސް ފަށާފައިވާ ކަމަށެވެ. ހުރާ ބިން ހިއްކުން އެމްޓީސީސީ އާ ހަވާލުކޮށްފައި ވަނީ މިދިޔަ މަހުގެ 25 ވަނަ ދުވަހު އެވެ. އެ މަޝްރޫއުގެ ދަށުން 10 ހެކްޓަރުގެ ބިން ހިއްކާނެ ކަމަށް ސަރުކާރުން ބުނެ އެވެ. ސަރުކާރުގެ ބަޖެޓުން ހަރަދުކޮށްގެން ކުރިއަށް ގެންދާ މި މަޝްރޫއަށް 33 މިލިއަން ރުފިޔާ ޚަރަދު ކުރުމަށް ހަމަޖެހިފައިވެ އެވެ. އެ މަސައްކަތް ކޮންޓްރެކްޓް ކޮށްފައި ވަނީ ހަ މަސް ތެރޭ ނިންމާ ގޮތަށެވެ.

ހުރާގެ ބިން ހިއްކުމުގެ މަސައްކަތް ކުރާނީ އެމްޓީސީސީގެ ކޮންނަބޯޓު މަހާ ޖައްރާފު ބޭނުންކޮށްގެނެވެ.

comment ކޮމެންޓް