ފިހާރަތަކާއި ހޮޓާ، ރެސްޓޯރެންޓުތައް ހުޅުވާފައި ބެހެއްޓޭ ވަގުތު އިތުރުކޮށްފި

މާލޭގައި ހުންނަ ފިހާރައެއް.

މާދަމާ އިން ފެށިގެން ފިހާރަތަކާއި، ސައި ހޮޓާ އަދި ރެސްޓޯރެންޓުތައް ހުޅުވާފައި ބެހެއްޓޭ ވަގުތު އިތުރުކޮށްފި އެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނީ، މާދަމާ އިން ފެށިގެން މިމަހުގެ ނިޔަލަށް ފިހާރަތައް 11 ޖަހަންދެން އަދި ސައިކޮޓާ ރެސްޓޯރެންޓުތައް އެކެއް ޖަހަންދެން ހުޅުވާފައި ބެހެއްޓޭނެ ކަމަށެވެ.

މިހާރު ފިހާރަތައް ބަންދުކުރަނީ 10 ޖަހާއިރުއެވެ. އަދި ސައި ހޮޓާ، ރެސްޓޯރެންޓުތައް ބާރަ ޖަހާއިރު ބަންދު ކުރެއެވެ.

މި ބަދަލުގެނައީ އީދު ބަންދާ ދިމާކޮށް ރައްޔިތުންނަށް ލުޔެއް ދިނުމަށްކަމަށް މިނިސްޓްރީ އިން ބުނެއެވެ. އޭގެ އިތުރުން މި ދުވަސްވަރަކީ ވިއްސާރަ ދުވަސްވަރަކަށް ވުމުން، މި ބަދަލާ އެކު އެތައް ބަޔަކަށް ލުއިފަސޭހަކަން ލިބޭނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެ އެވެ.

comment ކޮމެންޓް