ހަމަނިދި ނުލިބޭނަމަ "ސޯޝަލް ލައިފަށް" ބުރޫ އަރާ!

ނިދުމަކީ ނަފްސާނީ އަދި ޖިސްމާނީ ދުޅަހެޔޮކަމަށް މުހިންމު ކަމެކެވެ. އާންމު ދިރިއުޅުމަށް ހަމަނިންޖަކީ ކިހާ މުހިންމު ކަމެއްކަން ހޯދުމަށް ކުރި ދިރާސާއެއް ދައްކާގޮތުން ހަމަނިދި ނުލިބޭނަމަ އެހެން މީހުންނާ ގުޅިގެން އުޅުން ނުވަތަ މީހާގެ ސޯޝަލް ލައިފަށް އޭގެ އަސަރުކުރާނެ ކަމެކެވެ.

ޔުނިވާސިޓީ އޮފް ކެލިފޯނިއާއިން ކުރިއަށް ގެންދިޔަ ދިރާސާގައި ބުނެފައިވާގޮތުން ހަމަނިދި ނުލިބުމަކީ އެހެން މީހުންނާ ގުޅިގެން އުޅުމަށް އަސަރުކުރާ، މީހާއަށް އެކަނިވެރިކަން އިހުސާސްކުރެވޭނެ ކަމެކެވެ. އެކަކު އަނެކަކާ ބައްދަލުވެ އުޅޭއިރު ހަމަނިދި ނުލިބޭނަމަ ގުޅުން ބަދަހިކުރުމަކީ ދަތިކަމެއް ކަމަށްވެސް އެ ދިރާސާގައި ބުނެފައިވެއެވެ.

މި ދިރާސާ ކުރިއަށް ގެންގޮސްފައިވަނީ 18 ޒުވާނަކު ބައިވެރިކޮށްގެންނެވެ. ހަމަ ނިދި ނުލިބޭ ދުވަސްތަކާ ރަނގަޅަށް ނިދައިގެން ތިބޭ ދުވަސްތައް އެއްކޮށްލައިގެން ކުރިއަށްގެންދިޔަ ދިރާސާގައި ވަނީ އެމީހުންގެ އުޅުމަށް އަންނަ ބަދަލު ބަލައިފައެވެ.

ރަނގަޅަށް އަރާމުކޮށް ހަމަނިދި ލިބިފައި ތިބޭ ދުވަސްތަކަކީ ދިރާސާގައި ބައިވެރިވި މީހުންގެ ސޯޝަލް އިންޓަރެކްޝަން ރަނގަޅު ދުވަސްތަކެއް ކަމަށާއި ނިދި ނުލިބޭ ދުވަސްތަކުގައި ވަރުބަލި ކަމާއެކު އެހެން މީހުންނާއެކު އުޅެން ބޭނުން ނުވާކަން ދެނެގަނެވިފައިވާކަމަށް ވެސް ދިރާސާއިން ދައްކައެވެ.

ނިދި ހަމަނުވާނަމަ އެކަނިވެރިވާން ބޭނުންވާ ކަމަށާއި މޫޑަށް އަންނަ މި ބަދަލަކީ ސޯޝަލް ޓާން އޮފް އެއްކަމަށްވެސް ދިރާސާގައި ވަނީ ބުނެފައެވެ.

ކޮންމެ ރެއަކުވެސް ހަމަ ނިދި ނިދުމަކީ އަނެއް ދުވަސް ތާޒާކަމާއި ރަނގަޅު މޫޑަކާއެކު ފެށުމަށް މުހިންމު ކަމެއްކަމެކެވެ.

comment ކޮމެންޓް
ގުޅޭ ޚަބަރު