ރައީސް ޔާމީން މުލަކު އަތޮޅަށް ފުރާވަޑައިގެންފި

ރައީސް ޔާމީން ށ ކަނޑިތީމަށް ވަޑައިގެން ރައްޔިތުންނަށް ސަލާމް ކުރައްވަނީ --- ފޮޓޯ/ ރައީސް އޮފީސް

ރައީސް ޔާމީން މ. އަތޮޅަށް ކުރައްވާ ދަތުރުފުޅެއްގައި މިއަދު ހެނދުނު ފުރާ ވަޑައިގެންފި އެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް މުއާޒު އަލީ ވިދާޅުވީ، ރައީސް ޔާމީން މ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި އެ އަތޮޅު ދިއްގަރާއި މުލައް އަދި މުއްޔަށް ވަޑައިގަންވާނެ ކަމަށެވެ.

ރައީސްގެ ދަތުރުފުޅާ ބެހޭ މާ ބޮޑު ތަފްސީލެއް އަދި ލިބިފައެއް ނުވެ އެވެ. ދާދި ފަހުން ރައީސް ޔާމީން ވަނީ ށ. އަތޮޅަށް ވެސް ވަޑައިގެންފަ އެވެ.

އެއަތޮޅު ބިލެއްފަހީގައި ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވެފައި ވަނީ ބިލެއްފަހީގައި ބައިނަލްއަގްވާމީ އެއާޕޯޓެއް އަޅުއްވާނެ ކަމަށެވެ.

comment ކޮމެންޓް