ރިވައިވް ފިޓްނެސް: ކަނބަލުންގެ ފިޓްނެސްގެ ބައިވެރިޔާ

ރިވައިވް ފިޓްނެސް. އަންހެނުންނަށް ޚާޢްސަ ފަސޭހަ، ރައްކާތެރި ޖިމް އެއް --- ފޮޓޯ: ރިވައިވް

ދިރިއުޅުމުގެ ވައްޓަފާޅިއަށް ބޮޑެތި ބަދަލުތަކެއް އަތުވެއްޖެއެވެ. އޭގެ އަސަރު ހަށިގަނޑުންވެސް ފެންނަނީއެވެ. ވަޒީފާއަށް ދާންޖެހެއެވެ. އަތާ އަނގަ ދިމާވަނީ ބުރަ މަސައްކަތް ކޮށްގެންނެވެ. ވަޒީފާއަށް ގޮސް އާއިލާއަށް ވަގުތުދީ، އަމިއްލަ ހަށިގަނޑަށް އަޅާލާނެ ވަގުތު ހޯދުމަކީ ދަތިކަމެކެވެ. ޚާއްސަކޮށް ކަނބަލުންނަށެވެ. ޒިންމާތައް ދެގުނައެވެ. ހަށިގަނޑު އެއްވަރެއްގައި ފިޓުކޮށް ބެހެއްޓުމަށް މަސައްކަތެއް ކޮށްލަން ވަގުތެއް ހޯދުން އޮންނަނީ ދަތިކަމަކަށް ވެފައެވެ.

އެއީ މާޒީއެވެ. ކިތަންމެ ބުރަކޮށް އުޅުނު ނަމަވެސް ހަށިގަނޑު ފިޓުކޮށް ބަހައްޓަން ބޭނުންވާ އަންހެނުންނަށް ޚާއްސަ "ރިވައިވް ފިޓްނެސް" އިން ހުރިހާ ކަމެއް ހައްލުކޮށްދޭނެއެވެ.

އަމިއްލަ ދިރިއުޅުމުގައި ވަގުތުތައް ބަހާލާފައި އޮންނަ ގޮތުން ހެނދުނު ޖިމްއަށް ނުދެވޭ މީހުންނަށް ހަވީރެވެ. ނޫނީ ރޭގަނޑެވެ. ފަސޭހަ ގަޑިއަކަށް ވަގުތު ހަމަޖައްސައިދޭނެއެވެ. ގަލޮޅު ސިނަމާލޭ ކުރިމަތިން "ގ. ގުރަހަ"ގައި ގާއިމްކޮށްފައިވާ މި ފިޓްނެސް ސެންޓަރުން ހުރިހާ އުމުރެއްގެ އަންހެނުންނަށް ފިޓްނެސް ކްލާސްތައް ނަގައިދެއެވެ.

އަގުހެޔޮ، ރައްކާތެރި، ފަސޭހަ


ރިވައިވްގެ ޚާއްސަ ކަމަކީ މިއެވެ. ކްލާސްތަކުގެ އަގުހެވެވެ. ކްލާސްތައް ނަގައިދޭ އިންސްޓްރަކްޓަރުންނަކީ ކަމުގެ އެންމެ އެކަށީގެންވާ ތަމްރީނު ލިބިފައި ތިބި މީހުންނެވެ. މާލޭގައި އެތައް ބައިވަރު ޖިމް އެއް ހުރި އިރު، އަންހެނުންނަށް ޚާއްސަ މި ފިޓްނެސް ސެންޓަރުން ކަނބަލުންނަށް ރައްކާތެރިކަން އިހުސާސް ކުރެވޭނެއެވެ.

"އެފޯޑަބަލް ޕްރައިޒްއެއްގައި، ކޮންވީނިއަންޓް ޓައިމްއެއްގައި އައިސް ކަސްރަތު ކޮށްލެވޭނެ ތަނެއް ހުޅުވުމުގެ ބޭނުމުގައި މިތަން ހުޅުވީ،" ރިވައިވް ފިޓްނަސް ސެންޓަރުގެ މަގުސަދާ ގުޅޭގުން އެތަނުގެ މާކެޓިން މެނޭޖަރު ޒައިނަބު މަންސޫރު ވިދާޅުވިއެވެ.

"އަޅުގަނޑުމެން ބޭނުންވީ ހަމަޖެހިގެން، ސޭފް އެންވަޔަރަމެންޓެއްގައި އެކްސަސައިޒް ކޮށްލެވޭނެ އިންތިޒާމު ހަމަޖައްސައިދިނުން."

ރިވައިވް އަކީ އަންހެނުންނަށް، ޚާއްސަ "ސޭފް" ތަނެއް ކަމުގެ ޔަގީންކަން އެ ފިޓްނެސް ސެންޓަރުން ދެއެވެ. އެގޮތުން ރިވަވައިވް ފިޓްނަސްގެ ތެރެއަށް އެއްވެސް ފިރިހެން ބޭފުޅަކު ނުވައްދާނެއެވެ. އެތަނަށް ވަންނަން އަންނަނީ ކޮންބައެއްތޯ ބޭރުގައި ހަރުކޮށްފައިވާ ސެކިއުރިޓީ ކެމެރާ އިން ބަލާނެއެވެ. ސެކިއުރިޓީ ލޮކް ސިސްޓަމްވެސް ހަރުކޮށްފައިވާ ޖިމްގެ ދޮރު ހުޅުވައިދޭނީ ތަނަށް އަންނަ އަންހެނުންނަށެވެ. އެއްވެސް ކަމެއްގައި ފިރިހެނަކު އަތުވެއްޖެ ނަމަ އެމީހަކަށް އެޓެންޑު ވާނީ ތަނުން ބޭރުގައެވެ.

މި ނިމުނީ އެއް ނޫނެވެ. ބިޒީ ޝެޑިއުލްގައި އުޅޭ މީހުންނަށް އެތަނުގައި ފެންވެރޭނެ އިންތިޒާމު ވަނީ ހަމަޖައްސައިދީފައެވެ. ފަސޭހަ ގަޑިތަކަށް ކްލާސްތައް ހަމަޖައްސައިދެއެވެ. ފާހަގަ ކޮށްލެވޭ އަނެއް ކަމަކީ މެންބަރުންނަށް ޚާޢްސަ ސައުންޑު ޕްރޫފް ނަމާދު ކޮޓަރިއެވެ.

ރިވައިވްގެ ޚާއްސަ އަނެއް ކަމަކީ އެތަަނުގެ މެންބަރުންނަށާއި މެންބަރު ނޫން ފަރާތްތަކަށްވެސް ބޭނުންވާ ފިޓްނެސްގެ މައުލޫމާތު، އެތަނުގެ އިންސްޓްރަކްޓަރުން ފޯރުކޮށްދޭތީއެވެ.

"އަބަދުވެސް ވެލްކަމް ވާނެ މެންބަރުންނަށްވެސް މެންބަރުން ނޫން މީހުންނަށްވެސް. އަޅުގަނޑުމެންގެ އުޅޭނެ ދެ ޕާޓްނަރުން. އެކްސަސައިޒް އައުޓްފިޓް ޕާޓްނަރެއް އަދި ބިއުޓީ ޕްރޮޑަކްޓް ޕާޓްނަރެއް. އޭގެ އިތުރުން ހެލްތީ ޑްރިންކްސް ވެސް މިކޮޅުން ވިއްކާނެ މިތަނުގެ މެންބަރުންނަށްވެސް އަދި މެންބަރުން ނޫން މީހުންނަށްވެސް،"

ރިވައިވްގެ އެކްސަސައިޒް އައުޓްފިޓް ޕާޓްނަރަކީ ލަކްސިސް އެވެ. ބިއުޓީ ޕްރޮޑަކްޓް ޕާޓްނަރަކީ ގްލޯ ބިއުޓީ އެވެ. އެ ދެ ބްރޭންޑުގެ އުފެއްދުންތައް ރިވައިވް ފިޓްނެސް ސެންޓަރުން ލިބޭނެއެވެ.

ރިވައިވްއިން އެތަނުގެ މެންބަރުންނަށް ޚާއްސަ ވަކި ޑައިޓެއް ނުދޭނެއެވެ. ޑައިޓެއް ނަގަން ބޭނުންވާ ކުދިންނަށް ރިވައިވްއިން ކުރާ އިލްތިމާހަކީ ޑައިޓީޝަނެއް ކައިރިއަށް ގޮސް، ކެއުން ބަހައްޓަންވީގޮތް އޮޅުން ފިލުވުމެވެ.

ހުރިހާ އުމުރަކަށްވެސް ޚާއްސަ


ރިވައިވްގެ ކްލާސްތަކަކީ ވަކި އުމުރަކަށް ޚާއްސަ ކްލާސްތަކެއް ނޫނެވެ. ކުޑަކުދިންނަށް ޚާއްސަ ޒުމްބާ ކްލާސްތަކާ، ދުވަސްވީ މީހުންނަށް ޚާއްސަ ޔޯގާ ކްލާސްތައް އެތަނުން ހިންގައެވެ. އޭގެތެރޭގައި ޒުމްބާ، ސްޓްރޯންގު ބައި ޒުމްބާ. ޔޯގާ، ނޯ މިއުޒިކް ބޮޑީ ޕަމްޕް ޕްރޮގްރާމުތައް ހިމެނެއެވެ. މީގެ އިތުރުން ސްކޫލުތަކުން އެދިއްޖެނަމަ ސްކޫލު ދަރިވަރުންނަށް ޒުމްބާ ކިޑްސް ޕްރޮގްރާމުތައް ކުރިއަށްގެންގޮސްދެއެވެ.

ރިވައިވް ފިޓްނެސްގެ ކްލާސްތައް އޮންނާނީ ހެނދުނު 7:45 އިން 10:00 އަށް އަދި ހަވީރު 16:00 އިން ރޭގަނޑު 22:00 އަށެވެ. ހެނދުނު 10:00 އިން ތިނަކަށް މި އޮންނަ ވަގުތުގައި 10 މީހުންނަށްވުރެ ގިނަ މީހުންގެ ގުރޫޕަކުން އެދިއްޖެނަމަ، އެ ބަޔަކަށް ޕްރައިވެޓް ސެޝަންތައް އެއް ގަޑިއިރަށް ނަގައިދެއެވެ.

ރިވައިވްގެ ފިޓްނަސް ކްލާހުގައި ބައިވެރިވާން ބޭނުންނަމަ ހޮޓްލައިން 7997277 އަށް ގުޅައިލުމުން ކްލާސްތަކަށް ނަން ނޯޓު ކޮށްލެވޭނެއެވެ.

ތިން މަހުގެ ބޫޓް ކޭމްޕެއް، އަވަހަށް ނަންނޯޓު ކުރޭ


މި މަހުގެ ތިންވަނަ ދުވަހު ތިން މަސްދުވަހުގެ މުއްދަތަށް ބޫޓް ކޭމްޕެއް ފަށަން ރިވައިވްއިން މިހާރު ވަނީ ތައްޔާރުވެފައެވެ. މި ކޭމްޕު ކުރިއަށްދާނީ އެކުވެނި ޓްރެކުގައި ރޭގަނޑުއެވެ. މި ކޭމްޕުގައި ބައިވެރިވާން ބޭނުން ފަރާތްތަކަށް ނަން ނޯޓު ކުރުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލައިފައެވެ. މި ކޭމްޕުގައި ބައިވެރިން ބައިވެރި ކުރާނީ ވަކި އަދަދަކަށެވެ. ބޫޓު ކޭމްޕުގެ ބައިވެރިންގެ ތެރެއިން އެންމެ ބޮޑަށް ހިކޭ ބައިވެރިއަކަށް ރިވައިވްގެ ފަރާތުން އަގުހުރި އިނާމެއް ދޭނެއެވެ.

މި ކޭމްޕުގައި ބައިވެރިވާ ފަރާތްތަކަށް ފައިސާ ދެއްކުމުގެ ކަންތައްވެސް ވަނީ ވަރަށް ފަސޭހަ ކޮށްދީފައެވެ. ފައިސާ ދައްކަން ޖެހޭނީ ތިން މަހަށް ބަހާލައިގެންނެވެ.

ރިވައިވް އިން ދޭ އަނެއް ޔަގީންކަމަކީ މޫސުން ގޯސްވެގެން ބޫޓް ކޭމްޕު މެދު ކަނޑާނުލާނެ ކަމުގެ ޔަގީން ކަމެވެ. އައުޓް ޑޯގައި ނުގެންދެވޭ ހަރަކާތްތައް އިންޑޯގައި ކުރިއަށް ގެންދާނެ ކަމަށް ރިވައިވް އިން ބުނެއެވެ.

ދެ އަހަރުތެރޭ ބޮޑު ކުރިއެރުމެއް


ރިވައިވް ފިޓްނެސް ސެންޓަރު ހިންގާތާ ދެ އަހަރު ފުރިހަމަވެ ތިން އަހަރު ވާން ގާތްވެފައިވާއިރު އެތަނުގެ މެންބަރުންގެ ފަރާތުން ލިބޭ ލޯތްބަކީ ތަން ކުރިއަށްގެންދިިއުމަށް ލިބޭ އެންމެ ބޮޑު ހިތްވަރެވެ.

"ކުދިންގެ ފަރާތުން ލިބޭ ފީޑް ބެކް ވަރަށް ޕޮޒިޓިވް. އެއްވެސް ނެގެޓިވް ފީޑް ބެކް އެއް ލިބިއްޖެނަމަ އެ ކުއްޖަކާ ވާހަކަ ދައްކައިގެން ހައްލު ކޮށްދޭނަން،"

ވަގުތު ނެތިގެން ޖިމަށް ދާން ބޭނުންވިޔަސް ނުގޮސް ތިބޭ މީހުންނަށް ދެން ދައްކާނެ އިތުރު ބަހަނާއެއް ނެތެވެ. އަވަހަށް ރިވައިވް އަށް ގުޅައި، ފަސޭހަ ވަގުތަކަށް ކްލާހަކުން ޖާގަ ހޯދާށެވެ. ކުރާ މަސައްކަތުގެ ނަތީޖާ ފެންނާނެއެވެ.

comment ކޮމެންޓް