ލޭގެ ކެންސަރު ނުވަތަ ބްލަޑް ކެންސަރަކީ މިއަދު ގިނަ ބަޔަކު ތަހައްމަލު ކުރަމުން އަންނަ ވޭނީ ބައްޔެކެވެ.
ކެންސަރަކީ އެއިން ތިމާއަށް ނުހަނު ގެއްލުންތަކެއް ކުރުވާ ކަމަކަށްވީ އިރު އަވަސް ފަރުވާ ނުދެވިއްޖެ ނަމަ ފުރާނައަށް ވެސް ނުރައްކާ ކުރުވާ ބައްޔެކެވެ.
ލޭގެ ކެންސަރުގެ ބައެއް އަލާމާތްތައް
ހުޅުތަކުގައި ރިއްސުން
އަތުގެ ހުޅު، ފައިގެ ހުޅުތަކުގައި ހުއްޓުމެއް ނެތި ރިއްސާނަމަ މިއީ ތިމާ މީހާ ސަމާލުކަމަށް ގެންނަން ޖެހޭނެ ކަމެކެވެ. ކަށިތަކުގައި ރިއްސައި، މެދުނުކެނޑި ހުޅުތަކުގައި ރިއްސުމަކީ ލޭގެ ކެންސަރުގެ އަލާމާތެކެވެ. ފަހަރުގައި ތިމާގެގައިގައި ހުންނަ ބައްޔެއްގެ ސަބަބުން ވެސް މިކަން ދިމާވުން އެކަށީގެންވެ އެވެ. ނަމަވެސް ބުއްދިވެރި ގޮތަކީ ސިއްހީ ލަފައެއް ހޯދުމެވެ.
ހުން މަޑުނުވުން، ރޭގަނޑު ދާ ހިއްލުން
ހުން އައުމަކީ އާންމު ކަމެކެވެ. ހުން އައުމުން ގިނަ ބަޔަކު އެކަމަށް މާބޮޑު ސަމާލުކަމެއް ނުދެއެވެ. ބައެއް ބޮޑެތި ބަލި ޖެހުމުގެ ކުރިން ހުންގަދަވެ ތިމާ ނިކަމެތިކޮށްލައެވެ. އާންމުކޮށްވެސް ތިމާ އަކީ ދާހިއްލާ މީހެއް ހެއްޔެވެ؟ ރޭގަނޑު ގަޑީގައި އާންމުކޮށް ތިމާ ދާހިތްލާނަމަ އެއީ ވެސް ސަމާލުވާންވީ ކަމެކެވެ. ކުޑަކަމެކޭ ހިތާ ދޫކޮށްނުލާށެވެ.
ހަންގަނޑު ރަތްވުން
ހަންގަނޑުގެ ބައެއް ހިސާބުތައް ރަތްވުން ނުވަތަ އާދަޔާ ހިލާފަށް ހަންގަނޑު ހިރުވުމަކީ ވެސް ލޭގެ ކެންސަރުގެ އަލާމާތެކެވެ. ތިމާ ގައިގައި ހުންނަ އެލާޖިކެއްގެ ސަބަބުން މިހެން ވެދާނެއެވެ. ނަމަވެސް ސިއްހީ ލަފާ ހޯދުން މުހިއްމެވެ.
ކަންފަތް ، ނޭފަތުން ލޭއައުން
އާދަޔާ ހިލާފަށް ލޭއައުން މަނާނުކުރެވި މާ ގަދައަށް ލޭ އައުމަކީ ލޭގެ ކެންސަރުގެ އަލާމާތެކެވެ. މިކަން ދިމާވާނަމަ ލަސްނުކޮށް ސިއްސީ އެހީތެރިއެއްގެ ލަފާ ހޯދާށެވެ.
މަސްދަރު: މެޑިސިން ނެޓް، ޔޫޕީއެމްސީ