ޕޯސްޓް ލިމިޓެޑް އައިލެންޑް އޭވިއޭޝަންގެ ދަށަށް

ޕޯސްޓް އޮފީހުން ގާއިމުކުރި ޕިކް ޕޯސްޓްގެ ހިދުމަތްދޭ ސްޓޭޝަނެއް--ފޮޓޯ/ ޕޯސްޓް އޮފީސް

މޯލްޑިވްސް ޕޯސްޓް ލިމިޓެޑުގެ 99 ޕަސެންޓް ހިއްސާ އައިލެންޑް އޭވިއޭޝަންގެ ދަށަށް ބަދަލުކޮށްފިއެވެ.

ޕްރައިވަޓައިޒޭޝަން ބޯޑުން މިއަދު ނެރުނު އިއުލާނެއްގައި ބުނީ ޕޯސްޓް ލިމިޓެޑުގެ 99 ޕަސެންޓް ހިއްސާ އައިލެންޑް އޭވިއެޝަނުގެ ދަށަށް އަދި އެކުންފުނީގެ އެއް ޕަސެންޓް ހިއްސާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީގެ ދަށަށް ބަދަލުކޮށްފައިވާ ކަމަށެވެ.

މިއާއެކު ޕޯސްޓް ލިމިޓެޑަކީ އައިލެންޑް އޭވިއޭޝަނުގެ ސަބްސިޑަރީއެއް ކަމަށާއި މިި ބަދަލު ގެނައީ ހުސްވި މެއި މަހުގެ 30 ވަނަ ދުވަހު ކަމަށް އެ އިއުލާނުގައި ވެއެވެ.

މި ބަދަލާއެކު ޕޯސްޓް ލިމިޓެޑުން ކުރަމުން އައި މަސައްކަތްތަކާއި ގާނޫނީ ހައްގުތައް އަދި އުފުލަންޖެހޭ އިލްޒާމުތަކާއި ކުންފުނީގެ ނުއުފުލޭ މުދާ އަދި ދަރަންޏާއި ހިއްސާގެ އޮނިގަނޑާ އެއްގޮތަށް ބަދަލުވެގެން ދާނެ ކަމަށް ޕްރައިވަޓައިޒޭޝަން ބޯޑުން ބުނެއެވެ.

އައިލެންޑް އޭވިއޭޝަނަކީ ސަރުކާރުގެ 100 ޕަސެންޓް ހިއްސާ އޮންނަ ކުންފުންޏެކެވެ. ޕޯސްޓް ލިމިޓެޑު އެ ކުންފުނީގެ ދަށަށް ބަދަލުކުރީ ކީއްވެކަމެއް ނޭނގެއެވެ.

comment ކޮމެންޓް